ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-IMS/417/2026/90
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:51
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ހުރި ގަސްތައް ކޮށުމާއި ގުޅޭ.

މި ރަށުގެ އެކި މަގުތަކުގައި ހުރި ގޭގޭގެ އިންފާރުން ބޭރަށް މަގުމައްޗަށް ވާގޮތަށް ހެދިފައިވާ ގަސްގަހާގެހީގެ ސަބަބުން، މަގުމަތިން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްގަމު އުޅަނދުފަހަރަށް، ވަކީން ޚާއްޞަކޮށް ޕިކަޕް އަދި ރަށުޕިކަޕް ފަދަ އުޅަނދުތަކަށް ދަތިތަކާ ކުރިމަތިވެ އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދެއެވެ. އަދި މަގުބައްތިތަކުން މަގުމައްޗަށް އެކަށީގެންވާ ގޮތެއްގައި އަލި ނުލިބޭގޮތަށް ގަސްތައް ބޮޑުވެ މަގުތައް އަނދިރިވުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާންޖެހޭކަންވެސް ފާހަގަކުރެވެއެވެ.

ވީމާ، މަގުތަކަކީ އެންމެހައި ރައްޔިތުންނަށް އަމާންކަމާއި ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ތަންތަނަށް ހެދުމުގެ ގޮތުން، ތިރީގައިވާ ކަންކަމަށް ސަމާލުކަންދެއްވައިގެން ޢަމަލުކުރެއްވުން އެދެމެވެ.

  • ގޭގޭގެ އިންފާރުން ބޭރަށް މަގުމައްޗަށް ވާގޮތަށް ހެދިފައިވާ ގަސްގަހާގެހީގެ ގޮފިތައް، މަގުގެ ބިމު ސަޠަޙައިން ފެށިގެން މަދުވެގެން 10 (ދިހައެއް) ފޫޓުގެ އުސްމިން ހުންނާނޭހެން ކޮށައި ސާފުކުރުން.
  • މަގުބައްތިތަކުގެ އަލި މަގުމައްޗަށް އެކަށީގެންވާ ގޮތެއްގައި ލިބޭނެހެން މަގުބައްތިތައް ނިވާވާގޮތަށް ހުންނަ ގަސްތަކުގެ ގޮފިތައް ކޮށައި ސާފުކުރުން.
  • މި އިޢުލާން ޢާންމުކުރާ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ފަރާތެއްގެ ގޯތި ނުވަތަ ޢިމާރާތުގެ އިންފާރުން ބޭރަށް ނިކުމެފައިވާ ގަސްތައް ކޮށައި ނިންމެވުން.

މިފަދަ ކަންކަމުގައި ރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުންގެ ފަރާތުން މި ކައުންސިލަށް ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކޮށް، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

                މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ސެޕްޓެންބަރު 2026