ދިވެހިރާއްޖެ
މި އިދާރާއިންދޭ މަޢުލޫމާތާއި، ކުރެހުމާއި އެއްގޮތަށް މިރަށުގެ އެކި ސަރަހައްދުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ 20 ހޮޅިދަނޑި ހަދައިދީ ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ބިޑު ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ([email protected]) އަށް މެއިލް ކުރެއްވުން ނުވަތަ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބުތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 22 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ، މ. ނާލާފުށި، ދިވެހިރާއްޖެ
ފޯން: 6720034
އީމެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.