ދިވެހިރާއްޖެ
މ. ނާލާފުށީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކަށް ބޭނުންވާ ފަރުނީޗަރ އަދި ބައެއް ހިފާ ގެންގުޅޭ ތަކެތި މިކައުންސިލުން ދޭ މަޢުލޫމާތާއި އަދި ކުރެހުމާއި އެއްގޮތަށް މިކައުންސިލަށް ފޯރުކޮށްދީ ރާވައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާނެއެވެ.
ވީމާ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ބިޑު ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ([email protected]) އަށް މެއިލް ކުރެއްވުން ނުވަތަ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ.
އަންދާސީ ހިސާބުތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 22 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ، މ. ނާލާފުށި، ދިވެހިރާއްޖެ
ފޯން: 6720034
އީމެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.