ދެންނެވުން
ނަންބަރު: (IUL)HPL-CC/1/2026/14
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 20 ސެޕްޓެންބަރު 2026 12:00
ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ހިތަދޫ ޕޯޓް ލިމިޓެޑްއަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަދުވަސްވީ މުދަލާއި ގުޅޭ

ތިރީގައި ބަޔާންކުރެވިފައި އެވަނީ މިކުންފުނީގެ ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއާރ ނުކޮށް ގިނަދުވަސްވީ މުދަލުގެ ތަފްޞީލެވެ.

ވީމާ، މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި މިމުދާ ބަނދަރުން ކްލިއަރ ކުރެއްވުމަށް މުދަލުގެ ވެރިފަރާތްތަކަށް ދަންނަވަމެވެ.  އަދި މިދެންނެވުނު މުދަލުގެތެރޭގައި ކަމާއިބެހޭ އެއްވެސް މުޢައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް އެތަކެއްޗާއިމެދު ވަކިގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއާރ ކުރުމަށް ނުވަތަ ނައްތާލުމަށް ދަންނަވަމެވެ.

މިމުއްދަތުގެ ތެރޭގައި މުދާ ނުގެންދަވައިފިނަމަ، މިފަދަ މުދަލާއިމެދު ޢަމަލު ކުރުމަށް މިކުންފުނީގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށްފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

08 ސެޕްޓެންބަރު 2026