ދިވެހިރާއްޖެ
މިކޯޓުގައި ހުރި ބައުވެގެން ނަގާފައިވާ ތިރީގައި ދެންނެވިފައިވާ ތަކެތި ނީލަންކިޔުން، 17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:15 ގައި މި ކޯޓުގައި އޮންނާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މި ކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 03 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bp.finance.gov.mv މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 05 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
|
ނީލަން ނަންބަރު |
އަދަދު |
ތަފްސީލް |
ނީލަންފެށޭ އަގު (ރުފިޔާ) |
ފަހަރަކު މަދުވެގެން އިތުރުކުރެވޭ ޢަދަދު (ރުފިޔާ) |
|
1 |
1 |
ކެބިނެޓް ރެކު 6*4 ފޫޓް |
250.00 |
05.00 |
|
2 |
1 |
ކެބިނެޓް ރެކު 4*4 ފޫޓް |
200.00 |
05.00 |
|
3 |
1 |
ކެބިނެޓް ރެކު 10*6 ފޫޓް |
250.00 |
05.00 |
|
4 |
1 |
އޮފީސް މޭޒު ( ދެކޮޅުގަ ވަތްބަރިލީ ) |
180.00 |
05.00 |
|
5 |
1 |
ދޮންނަމެޝިން ( އޮޓަމެޓިކް ) |
450.00 |
05.00 |
|
6 |
23 |
ދޮރުފޮތި 8*4 ގެ 23 ގަނޑު |
230.00 |
05.00 |
|
7 |
2 |
ދޮރުފޮތި 8*4 ގެ 2 ގަނޑު |
20.00 |
05.00 |
|
8 |
6 |
ދޮރުފޮތި 8*5 ގެ 6 ގަނޑު |
60.00 |
05.00 |
|
9 |
8 |
ދޮރުފޮތި 7*4 ގެ 8 ގަނޑު |
80.00 |
05.00 |