ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2026/233
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 17 ސެޕްޓެންބަރު 2026 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސީނިއަރ އިންޓަނޭޝަނަލް ރިލޭޝަންސް އޮފިސަރ

ވަޒިފާގެ ފުރުސަތު

މަޤާމު:

ސީނިއަރ އިންޓަނޭޝަނަލް ރިލޭޝަންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-453493

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

މުސާރަ:

9845.00

މަގާމުގެ އެލަވަންސް:

4595.00

ޙާޒިރީ ޢިނާޔަތް:

125/- (ހާޒިރުވާ ކޮންމެ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދަޢުލަތުގެ ޕޭ ޕްރޭމްވަރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޔުނެސްކޯ (UNESCO)، ނެޓްކޮމް (NATCOM) އަދި އިސެސްކޯ (ICESCO) އާ ގުޅުންހުރި ކަންކަން ފިޔަވައި، ބައިނަލްއަޤުވާމީ ފުރުޞަތުތަކާއި ލިބޭ ދައުވަތުތައް ބެލެހެއްޓުމާއި، މަރުކަޒީ ރަޖިސްޓަރީ އަދާހަމަކުރުމާއި، ފުރުޞަތުތަކުގެ ޝަރުޛުތަކާއި ފަންޑިންގއާ ގުޅޭ މަޢުލޫމާތު ސާފުކުރުމާއި، ބޭނުންވާ ޙާލަތްތަކުގައި މުއްދަތު އިތުރުކުރުމުގެ ކަންކަން ކުރިއަށްގެންދިއުން.
  2. ކުރު މުއްދަތުގެ ތަމްރީނުތަކާއި، މަސައްކަތު ބައްދަލުވުންތަކާއި، ކޮންފަރެންސްތަކާއި، ސްޓަޑީ ޓުއަރތަކުގެ އިތުރުން އެކްސްޕޯޝަރ ވިޒިޓްތަކާ ގުޅޭ ފުރުޞަތު ލިބުނީންސުރެ، އެ ކަމެއް ނިމި ރިޕޯޓް ހުށަހެޅުމާ ހަމައަށް ކުރަންޖެހޭ އެންމެހައި ކަންކަން ވިލަރެސްކުރުން.
  3. ރަޖިސްޓްރޭޝަނާއި އެޕްލިކޭޝަން ފޯމުތައް ތައްޔާރުކުރުމާއި، ނޮމިނޭޝަންތަކާއި އެކްސެޕްޓަންސް ކަށަވަރުކުރުމާއި، ޕާސްޕޯޓާއި ވިސާގެ ކަންކަން ބެލުމާއި، ހުއްދަތަކާއި ބަޖެޓުގެ ކަންކަން ވިލަރެސްކުރުމުގެ އިތުރުން ދަތުރުތަކާ ގުޅޭ ފައިލްތައް ފުރިހަމައަށް ބެލެހެއްޓުން.
  4. ރަސްމީ ދަތުރުތަކުގެ ޗެކްލިސްޓްތައް ތައްޔާރުކޮށް ކަށަވަރުކުރުމާއި، ބައިވެރިންނަށް ބޭނުންވާ މަޢުލޫމާތު ހިއްސާކުރުމާއި، ޓިކެޓާއި ހުއްދަތައް ލިބިފައިވާކަން ކަށަވަރުކުރުމުގެ އިތުރުން ދަތުރު ނިންމުމަށްފަހު ހުށަހަޅަންޖެހޭ ރިޕޯޓުތައް ފޮލޯއަޕްކުރުން.
  5. ނޮމިނޭޝަންތަކާއި، ބައިވެރިވުމާއި، ސުންގަޑިތަކާއި، ފަންޑިންގގެ އިންތިޒާމުތަކުގެ އިތުރުން ސަޕޯޓް ލެޓަރތަކާއި ފޮލޯއަޕް ކަންކަމާ ގުޅޭގޮތުން އެހެނިހެން ވުޒާރާތަކާއި ބޭރުގެ އިދާރާތަކާއެކު މުޢާމަލާތުކުރުން.
  6. ނޮމިނޭޝަންތަކާއި، ލިޔެކިޔުންތަކާއި، ބައިވެރިވުމުގެ އިތުރުން ރިޕޯޓުތަކާ ގުޅޭގޮތުން މިނިސްޓްރީގެ ކަމާބެހޭ ސެކްޝަންތަކާއި، ސްކޫލްތަކާއި ފޯކަލް ޕޮއިންޓްތަކާއެކު ވިލަރެސްކުރުން. މި މަސައްކަތުގައި ޖެންޑަރ ބެލެންސްއާއި ކަނޑައެޅިފައިވާ އެހެނިހެން ސިޔާސަތުތަކަށް ރިޢާޔަތްކުރުން.
  7. ފޮރިން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްއަށް އަންނަ އީމެއިލްތައް ޗެކްކުރުމާއި، ޖަވާބު ތައްޔާރުކުރުން ނުވަތަ ކަމާބެހޭ މުވައްޒަފުންނަށް ފޮނުވުމާއި، ލިޔެކިޔުންތައް ރަނގަޅަށް ފައިލްކޮށް ބެލެހެއްޓުމުގެ އިތުރުން ކަންކަން ނިމެންދެން ފޮލޯއަޕް ހެދުން.
  8. ކަނޑައެޅިފައިވާ ފޯމެޓްތަކާ އެއްގޮތަށް، ސާފު އަދި ފުރިހަމަ އިނގިރޭސި އަދި ދިވެހި ސިޓީ، އީމެއިލް، ނޯޓްސް، ބްރީފް އަދި އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުން.
  9. ބޭރުގެ ފަރާތްތަކުން އަންނަ މެއިލްތަކުގެ މަޢުލޫމާތު، އެބަހީ: ފޮނުވި ފަރާތް، މައުޟޫޢު، ތާރީޚް، އެޅުނު ފިޔަވަޅު، ޒިންމާވާ މުވައްޒަފު، ސުންގަޑި އަދި ދެން ކުރަންޖެހޭ ކަންކަން ހިމަނައިގެން “ފޮރިން އީމެއިލް ޝީޓް” އަދާހަމަކުރުން.
  10. ޙަވާލުކުރެވޭ މައްސަލަތަކާއި ނިންމާފައިވާ ހަރަކާތްތަކަށް ބިނާކޮށް، “ގްލޯބަލް އެންގޭޖްމަންޓް ލޮގް” އާއި “ޓްރެވަލް އަޕްޑޭޓް ޝީޓް” އަދި އެއާ ގުޅުންހުރި ފައިލްތައް ވަގުތުން އަދާހަމަކުރުމަށް އެހީތެރިވުން.
  11. އެސިސްޓަންޓް ޑައިރެކްޓަރ އަދި ސެކްޝަންގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން، ޙަވާލުކުރެވޭ އެމް.އޯ.ޔޫ (MoU) ތަކާއި، ދޭދޭ ގައުމުތަކުގެ ގުޅުންތަކާއި، ބައިނަލްއަޤުވާމީ ބައިވެރިންނާ ގުޅޭ ފައިލްތައް ބެލެހެއްޓުމާއި މުޢާމަލާތްތައް ފޮލޯއަޕްކުރުން.
  12. މެންބަރޝިޕް ފީ ދެއްކުމަށް އެދޭ ފޯމުތަކާއި، އިދާރީ ގޮތުން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ތައްޔާރުކުރުމާއި، މެންބަރޝިޕްގެ ޙާލަތު ބެލުމާއި، މިކަމާ ގުޅޭ ރެކޯޑުތައް ބެލެހެއްޓުމަށް އެހީތެރިވުން.
  13. ބައިނަލްއަގުވާމީ ބައްދަލުވުންތަކާއި ރާއްޖެ ވަޑައިގަންނަވާ ބޭރުގެ ވަފުދުތަކާ ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. މީގެ ތެރޭގައި އެޖެންޑާ ތައްޔާރުކުރުމާއި، ބްރީފިންގްސް، ބައިވެރިން ކަށަވަރުކުރުން، ބާއްވާނެ ތަނާއި، ސައިފޮދާއި، ހަނދާނީ ހަދިޔާ އަދި މިނޫންވެސް އިދާރީ އަދި ލޮޖިސްޓިކް ކަންކަން ވިލަރެސްކުރުން ހިމެނެއެވެ.
  14. ޖެމްސް (GEMS) އަދި ކަމާގުޅޭ އެހެނިހެން ޕޯޓަލްތައް ގަވާއިދުން ޗެކްކުރުމާއި، އަމިއްލަ ޗުއްޓީއާއި މަސައްކަތްތަކުގެ ރެކޯޑު ބެލެހެއްޓުމާއި، މަސައްކަތްތަކުގެ ސުންގަޑިތަކަށް ސަމާލުވެ، ހަނދާންކޮށްދިނުމަކާ ނުލައި މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އަދާހަމަ ގަވާއިދުން ދެމުންގެންދިއުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ޑިގްރީ އެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ޑިވެލޮޕްމަންޓް ސްޓަޑީޒް  
  2. ޑިޕްލޮމެސީ  
  3. ޑިޕްލޮމަސީ އެންޑް އިންޓަރނޭޝަނަލް ލޯ  
  4. ޑިޕްލޮމެޓިކް ސްޓަޑީޒް  
  5. އިކޮނޮމިކް ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް  
  6. ފޮރިން ރިލޭޝަން  
  7. ގްލޯބަލް ގަވަރނަންސް  
  8. ގްލޯބަލް ގަވަރނަންސް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް  
  9. ގްލޯބަލް ސްޓަޑީޒް  
  10. ގަވަރނަންސް  
  11. ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް  
  12. ގަވަރނަންސް އެންޑް ޑިޕްލޮމަސީ  
  13. ގަވަރނަންސް އެންޑް ހިއުމަން ރައިޓްސް  
  14. ގަވަރނަންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް  
  15. ގަވަރނަންސް އެންޑް ޕަބްލިކް ޕޮލިސީ  
  16. ގަވަރނަންސް އޮފް ސަސްޓެއިނަބިލިޓީ  
  17. އިންޓަރނޭޝަނަލް އެފެއާޒް  
  18. އިންޓަރނޭޝަނަލް ބިޒްނަސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް  
  19. އިންޓަރނޭޝަނަލް ބިޒްނަސް ނެގޯސިއޭޝަން  
  20. އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް  
  21. އިންޓަރނޭޝަނަލް ލީޑަރޝިޕް އެންޑް ނެގޯސިއޭޝަން  
  22. އިންޓަރނޭޝަނަލް ޕަބްލިކް ޕޮލިސީ  
  23. އިންޓަނޭޝަނަލް ރިލޭޝަންސް  
  24. އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް ގްލޯބަލް އެފެއާޒް  
  25. އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް އިންޓަރނޭޝަނަލް އޯގަނައިޒޭޝަން  
  26. އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް ސޯޝަލް ޕޮލިސީ  
  27. އިންޓަނޭޝަނަލް ސްޓަޑީސް  
  28. ނެގޯސިއޭޝަން އެންޑް ކޮންފްލިކްޓް ރެޒޮލިއުޝަން  
  29. ޕޮލިޓިކަލް ސައިންސް  
  30. ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް  
  31. ޕޮލިޓިކްސް އެންޑް ގަވަރނަންސް  
  32. ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް  
  33. ޕަބްލިކް މެނޭޖްމަންޓް އެންޑް ގަވަރނަންސް  
  34. ޕަބްލިކް ސަރވިސް އެންޑް ގްލޯބަލް އެފެއާޒް  
  35. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް  
  36. ޓްރާންސްނޭޝަނަލް ގަވަރނަންސް  

ޕްރިފަރޑް ޑިސިޕްލިން : -

 

މަޤާމަށް ކޯ ޑިސިޕްލިން: -

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ބައިނަލްއަގުވާމީ ފަރާތްތަކާގުޅޭ ގޮތުން ކުރާ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުމުން (% 30)
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (% 5)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (% 5)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (% 5)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 20)
  6. އިންޓަރވިއު (% 35)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށެވެ.

https://forms.gle/WoSzfBtVN8CST7UQ8  

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، އަޕްލޯޑް ކުރެއްވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ 18 ސެޕްޓެމްބަރ 2026 އާއި 19 އޮކްޓޯބަރ 2026 އާއި ދެމެދު މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ގައެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިހާން އަދި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3041100 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

08 ސެޕްޓެންބަރު 2026