މަސައްކަތް
ނަންބަރު: (4)DS/2016/01
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 23 ފެބުރުވަރީ 2016 11:00
ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

2015 ވަނައަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލުގެ އިދާރީއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

7 ޖުމާދަލްއޫލާ 1437

16 ފެބުރުވަރީ 2016