ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި އޭޖެންސީގެ ދަށުން ކ.ހިންމަފުށީގައި ހިންގަމުންދާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރަށް 01 (އެކެއް) އަހަރުދުވަހަށް ބޯފެން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)434-A/1/2016/4) (ތާރީޚު: 11 ޖަނަވަރީ 2016) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާނު ބާޠިލުކޮށް، އަލުން އެ އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތާރީޚު |
ދުވަސް |
ގަޑި |
|
މަޢުލޫމާތު ސާފުކުރުން |
22 ފެބުރުވަރީ 2016 |
ހޯމަ |
14:00 |
އަންދާސީހިސާބު ހުށަހެޅުއްވުން |
25 ފެބުރުވަރީ 2016 |
ބުރާސްފަތި |
14:00 |
07 ޖުމާދަލްއޫލާ 1437