ޢާންމު މަޢުލޫމާތު
ނަންބަރު: 686-A/2026/253
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 17:20
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކުށުގެ ތުޙުމަތުގައި ބަންދުކޮށްފައި ހުންނަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓު އަދި އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓު ކޯޓު ހުޅުވިފައި ހުންނަ ދުވަސްތަކާއި ވަގުތުތައް ބަދަލުކުރުން

 

ތިރީގައި މި ދަންނަވަނީ، ޤަވާއިދު ނަންބަރު 2021/SC/REG-01 (ޝަރީޢަތް ކުރުމާއިބެހޭ ޖިނާއީ އިޖުރާއާތުގެ ޤަވާޢިދު) ގެ 6 ވަނަ މާއްދާގެ ދަށުން، ކުށުގެ ތުޙުމަތުގައި ބަންދުކޮށްފައި ހުންނަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓް ކޯޓު އަދި އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓު ކޯޓު ހުޅުވިފައި ހުންނަ ދުވަސްތަކާއި ވަގުތުތަކެވެ. ބަންދާމެދު ގޮތެއް ނިންމުމަށް އެދި ކޯޓަށް ހުށަހަޅާއިރު، ތިރީގައި ބަޔާންކޮށްފައިވާ ގަޑިތަކުގެ 2 ގަޑިއިރު ކުރިން ކޯޓަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓު ކޯޓް 13:00 އިން 14:00 އަދި ރޭގަނޑު 20:00 އިން 21:00 އަށް ރަސްމީ ދުވަސްތަކުގައި

 

އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓު ކޯޓް  20:00 އިން 21:00 އަށް ބަންދު ދުވަސްތަކުގައި

 

އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓު ކޯޓް 13:00 އިން 14:00 އަދި ރޭގަނޑު 20:00 އިން 21:00 އަށް ރަސްމީ ދުވަސްތަކުގައި

 

އައްޑުއަތޮޅު ހުޅުދޫ މެޖިސްޓްރޭޓު ކޯޓް  20:00 އިން 21:00 އަށް ބަންދު ދުވަސްތަކުގައި

 

 

 

 

 

 

 

 

 

 

 

                       25    ރަބީޢުލްއައްވަލް  1448  

                      07   ސެޕްޓެމްބަރު  2026 

07 ސެޕްޓެންބަރު 2026