މަސައްކަތް
ނަންބަރު: (IUL)258/2016/20
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 01 މާރިޗު 2016 10:30
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓު އެޅުމާބެހޭ

އިޢުލާން

ބަށިކޯޓު އެޅުމާބެހޭ

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން ހަނިމާދޫގައި ތަރައްޤީ ކުރެވޭ ބަށިކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް މިކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުންތަކާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 15 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެކަން މިފުރުޞަތުގައި އަންގައި އިޢުލާން ކުރީމެވެ.

07 ޖުމާދަލްއޫލާ 1437

16 ފެބުރުވަރީ 2016