ދިވެހިރާއްޖެ
|
މަޤާމު: |
ސްޓޭޓް ލީގަލް ސަޕޯޓް އެޑްމިނިސްޓްރޭޓަރ |
|
ބޭނުންވާ އަދަދު: |
01 |
|
މަޤާމުގެ ބާވަތް: |
ދާއިމީ |
|
ޕަބްލިކް ސަރވިސް ރޭންކް: |
08 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސްޓޭޓް ލީގަލް ސަޕޯޓް ސަރވިސް ޕްރޮފެޝަނަލްސް |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ބަންޑާރަނައިބުގެ އޮފީސް/ މާލެ |
|
އަސާސީ މުސާރަ: |
-/15,255 ރުފިޔާ |
|
މަޤާމުގެ އެލަވަންސް: |
-/6,115 ރުފިޔާ |
|
ހާޒިރީ އެލަވަންސް: |
-/185 ރުފިޔާ (ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް) |
|
މަޤާމުގެ ޝަރުތުތައް: |
1) މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ، 2) މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގެ 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
|
ތަޢުލީމީ ދާއިރާތައް |
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
1) އޮފީހުގެ ޕަބްލިކް ރިލޭޝަންސްއާ ގުޅުންހުރި އެންމެހައި މަސައްކަތެއް ރާވައި، އޮފީހަށް ޚިދުމަތް ލިބިގަންނަން އަންނަން ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތްތައް ހަމަޖައްސައިދީ، އާންމުންނާއި އިދާރާތަކަށް މަޢުލޫމާތު ދޫކުރުމުގެ މަސައްކަތްތައް ވިލަރެސްކުރުން. 2) އޮފީހުގެ ކައުންޓަރާއި މައި އެންޓްރީ 'ޖެމްސް' ގެ މަސައްކަތްތައް އިންތިޒާމްކޮށް، އޮފީހަށް ލިބޭ އެންމެހައި އެންޓްރީތަކަށް ހަލުވިގޮތެއްގައި ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެއްސުން. 3) މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އޮފީހުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުން. 4) ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނާއި ގަވާއިދުގެ ދަށުން އެކުލަވާލަންޖެހޭ އާންމު އިދާރީ އުސޫލުތަކާއި މުވައްޒަފުންނާ ގުޅުންހުރި އުސޫލުތައް ތައްޔާރުކުރުމާއި، އިޞްލާޙުކުރުމާއި އަޕްޑޭޓްކުރުން. 5) އޮފީހުގެ އެޑްވައިޒަރީ ބޯޑާއި ހިއުމަން ރިސޯސް ކޮމެޓީގެ މަސައްކަތްތައް ބެލެހެއްޓުން. 6) ސެކްރެޓަރީ ޖެނެރަލްގެ ސެކްރެޓޭރިއަޓު ބެލެހެއްޓުމާއި ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދުގެ ދަށުން، އެޓަރނީ ޖެނެރަލްގެ ބިއުރޯގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން. 7) މިނޫންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތެއް ކުރުން. |
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް: |
1) ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ބަންޑާރަނައިބުގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.) 2) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް. 4) އެހެން އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5) މަޤާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ބޭނުންވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓްކޮށްފައި)؛
6) މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
7) 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، ބެލެނިވެރިޔާ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
|
|
އިންޓަރވިއުއަށް ކިޔުން |
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި މަޤާމަށް ޕޮއިންޓްދޭނެ މިންގަނޑު 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' ގައި ހިމަނާފައިވާނެއެވެ. |
|
|