ދިވެހިރާއްޖެ
މި ސްކޫލްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ހަމަޖެހިފައިވާތީ، މި ތަކެތީގެ ނީލަން ކިޔުން 2026 ސެޕްޓެންބަރު 12 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލްގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2026 ސެޕްޓެންބަރު 12 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ށް މިސްކޫލަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 2026 ސެޕްޓެންބަރު 12 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް މިސްކޫލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ނީލަން ކިޔުނު ތަކެތީގެ ފައިސާ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި 2 ގަޑިއިރުގެ ތެރޭގައި ގެންދަވަން ވާނެއެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- އދ.އަތޮޅު ތަޢުލީމީ މަރުކަޒު
- ފޯން: 6680024
- އީ-މެއިލް[email protected]