| 
 އިޢުލާން 
ވަޒީފާގެ ފުރުޞަތު:
  
 | 
| 
 މަޤާމް: 
 | 
 ހެލްތު އޮފިސަރ 
 | 
 
| 
 ބޭނުންވާ އަދަދު: 
 | 
 1 (އެކެއް) 
 | 
 
| 
 ރޭންކް: 
 | 
 އެމް. އެސް. 1 
 | 
 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 1 
 | 
 
| 
 މުސާރަ: 
 | 
 -/5،610 ރުފިޔާ 
 | 
 
| 
 ސަރވިސް އެލަވަންސް: 
 | 
-/2،000 ރުފިޔާ | 
 
| 
 މަޤާމުގެ ގިންތި: 
 | 
 ދާއިމީ 
 | 
 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން: 
 | 
 ހުޅުދޫ ސްކޫލް / ސ. ހުޅުދޫ 
 | 
 
 
 
 | 
| 
 މަޤާމުގެ ޝަރުޠު: 
- ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހެލްތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 
- ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
 
- ހެލްތުގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
 
 
 | 
| 
 މަޤާމުގެ މައިގަނޑު މަސައްކަތްތައް: 
- ދަރިވަރުންނާއި ބެލެނިވެރިންނަށް ބޭނުންވާ ޞިއްޙީ މަޢުލޫމާތު ސްކޫލުގައި ފޯރުކޮށްދިނުން.
 
- ދަރިވަރުން ސްކޫލުގައި ތިބޭއިރު ކުއްލިއަކަށް ދިމާވާ ޞިއްޙީ ކަންތައްތަކަށް ފަރުވާދިނުން.
 
- ދަރިވަރުންގެ ހެލްތު ސްކްރީންގެ ކަންތައްތައް ވިލަރެސްކޮށް ބެލެހެއްޓުން.
 
- ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ ޞިއްޙީ މައްސަލަތައް ފާހަގަކޮށް، އެކަމުގެ މަޢުލޫމާތު، ކްލާސްޓީޗަރަށާއި، ސުޕަވައިޒަރަށާއި، ސްކޫލުގެ ވެރިޔާއަށާއި، ބެލނިވެރިންނާ ހިއްސާކޮށް، އެކަމުގައި ދެވެންއޮތް އެހީތެރިކަމެއް ދިނުން.
 
- ސްކޫލުގެ ދަރިވަރުން ނުވަތަ ސްޓާފުން ތަމްސީލްކުރާ ކުޅިވަރު ހަރަކާތްތަކާއި، ފަސްޓްއެއިޑް ބޭނުންވެދާނެ އެހެނިހެން ހަރަކާތްތަކުގައި ފަސްޓްއެއިޑުގެ ޚިދުމަތްދިނުން.
 
- ސްކޫލުގެ ދަރިވަރުންގެ ހެލްތު ރެކޯޑް ބެލެހެއްޓުން.
 
 
 | 
| 
 ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުން: 
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
 
- މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.
 
 
 | 
| 
 އިންޓަވިއުކުރުން: 
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
 
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
 
 
ހުށަހަޅަންޖެހޭ ލިޔުންތައް: 
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
 
- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޮރިޓީން ފެންވަރުބަލައި ތަތްގަނޑު ޖަހާފައިވާ ލިއުމުގެ ކޮޕީ) 
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
 
- ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
 
 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން،  2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން  ވަޒީފާއަށް އެދޭ ފޯމު، މަތީގައި ބަޔާންވެފައިވާ ލިޔުންތަކާއެކު، މި ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. 
ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ. 
 | 
| 
 ނޯޓް: މި  އިއުލާނާ  ގުޅިގެން  މި  މަގާމަށް  ކުރިމަތިލާ  ފަރާތްތަކުގެ  ތެރެއިން  ޝަރުޠުހަމަވާ  ފަރާތްތައް  އިންޓަވިއު  ކުރުމަށްފަހު  އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސަވައިދެވޭނެއެވެ. 
އިތުރު މަޢުލޫމާތު: 
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 6894068 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6894574 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 
 | 
| 
 7 ޖުމާދަލްއޫލާ 1437 
 |