ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)274/INDIV/2026/90
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 30 ސެޕްޓެންބަރު 2026 13:00
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ ޕްރީސްކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުން

ށ.ފޭދޫ ޕްރީސްކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުން

            2027 ވަނަ އަހަރު ށ.ފޭދޫ ޕްރީސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފަރާތްތަކުން މިއިދާރާއިން ދޫކުރާ ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް، ނުވަތަ އޮންލައިން ފޯމް :( https://form.jotform.com/262451702552452  ) 30 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6540045 ފޯނާއި ގުޅުއްވުން އެދެމެވެ.

ސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާގޮތް:

 ބޭބީ ނާސަރީ

 2026 ޑިސެމްބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

 ނާސަރީ

 2026 ޑިސެމްބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

        2027 މާރިޗު 31 އަށް 2 އަހަރު ފުރޭ ކުދިންނަށް ބެލެނިވެރިޔާ ބޭނުންވާނަމަ 30 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ސިޓީ އެއް ހުށަހެޅުމުން އެފުރުސަތު ދެވޭނެ ވާހަކަ ދެންނެވީމެވެ.

07 ސެޕްޓެންބަރު 2026