ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ކޮންޓްރޯލް ރޫމް، ފަނޑިޔާރު ކޮޓަރި އަދި ޕްރޮކިއުމަންޓް ސެކްޝަންގައި ޕީ.ވީސީ ފުލޯރިން އެޅުން އަދި ޕްރޮކިއުމަންޓް ސެކްޝަންގައި ރެޑީމޭޑް ވޯކްސްޓޭޝަން ސަޕްލައިކޮށް އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ހައިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 15 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 09:00 އަށް އަންދާސީ ހިސާބު (މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުތަކާއިއެކު) ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑީގައި މިކޯޓުގެ މީޓިންގ ރޫމް 01 ގައެވެ.
މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.
25 ރަބީޢުލްއައްވަލް 1448
07 ސެޕްޓެމްބަރ 2026