ދިވެހިރާއްޖެ
އިޢުލާން
ރަށުގެ އެކި ސަރަހައްދުތަކުގައި ނުގެންގޮސްހުރި އާއްމު ފަރުދުންގެ ކާއްޓާއި ފަނާއި ގުޅޭ
މިހާރަކަށް އައިސް ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި އަމިއްލަ ފަރުދުންގެ ރުކުން ފައިބާ ކާށި ނުގެންގޮސް ގިނަދުވަސްތަކެއް ވަންދެން ހުންނަކަންވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން އިޖުތިމާއީ ސަރަހައްދުތައް ސާފުކުރުމަށް ދަތިވަމުން އަންނަކަން ފާހަގަކުރަމެވެ.
އަދި ފަންހޮވުމަށްފަހު ފަންގެންދިޔުމަށް ދެވޭ މުއްދަތުގެ ތެރޭގައި އެތަކެތި ނުގެންގޮސް ރަށުގެ އެކިސަރަހައްދުތަކުގައި ގިނަދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުންނަކަންވެސް ވަނީ ފާހަގަކުރެވިފައެވެ. މިހެންވެ، ފަންހޮވުމަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ފަންހޮވާ ފަރާތްތަކުން އަމަލުކުރުމަށް ދަންނަވަމެވެ.
ވީމާ، މިފަދައިން ނުގެންގޮސް ހުރި ކާއްޓާއި ފަން އެތަކެތީގެ ވެރިފަރާތުން، 2026 ސެޕްޓެމްބަރ 24 ގެ ނިޔަލަށް ގެންގޮސް ނިންމެވުމަށް ދަންނަވަމެވެ.
އަދި މިތާރީޙުގެ ފަހުން ނުގެންގޮސް ހުރި ތަކެތި އިޖުތިމާއީ ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ ތެރެއިން ނައްތާލެވޭނެ ކަމުގައިވެސް ދެންނެވީމެވެ.