ދިވެހިރާއްޖެ
އިޢުލާން
އަމިއްލަ ފަރުދުންގެ ރުއްގަހުގައި ނަންބަރު ޖެހުމާއި ގުޅޭ.
ކައުންސިލްގެ އެންމެހާ ރުއްގަހެއްގެ ދަފްތަރު އެކުލަވާލުމަށް ބޭނުންވާތީ، އަމިއްލަ ފަރުދުންގެ ރުއްގަސް ދެނެގަތުމަށް ބޭނުންވެއެވެ.
ވީމާ، ގޯތިން ބޭރުގައި، ކައުންސިލްގެ އެއްވެސް ބިމެއްގައި އަމިއްލަ ފަރުދެއްގެ ރުއްގަހެއް ހުރިނަމަ، 24 ސެޕްޓެމްބަރ 2025 ގެ ކުރިން ވެރިފަރާތް ރަނގަޅަށް ވަކިވާނެހެން ނަންބަރު ޖެހުމަށްފަހު، މިއިޢުލާނާއިއެކު އާންމުކޮށްފައިވާ ފޯމެޓާއި އެއްގޮތަށް ރުއްގަހުގެ މައުލޫމާތު ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.
އަދި މިތާރީހުގެ ފަހުން، ނަންބަރު ނުޖަހާހުރި އެންމެހާ ރުއްގަސް ކައުންސިލްގެ ތަކެތިކަމުގައި ބަލާ، ކައުންސިލްގެ ދަފްތަރުގައި ހިމަނާނެކަމުގައިވެސް ދަންނަވަމެވެ.
ރުއްގަހުގައި ނަންބަރު ޖަހާނެގޮތުގެ ތަފްސީލު ތިރީގައި އެވަނީއެވެ.
|
މަތީގައި: ރުކުގެ އަދަދު: (އެމީހެއްގެ ރުކުގެ ތަރުތީބު ނަންބަރު) |
|
ތިރީގައި: ގޯތީގެ ނަންބަރު (ކައުންސިލުން ދީފައިވާ) |
އަދި ކައުންސިލްގެ ބިންތަކުގައި ޤަވާއިދާއި ޙިލާފަށް ރުއްގަސް އިންދުމަކީ މަނާކަމެއްކަންވެސް މިފުރުސަތުގައި ހަދުމަފުޅުކޮށް އަރުވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.