ދިވެހިރާއްޖެ
އިޢުލާނު
މި ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ ސަރަހައްދުތަކުން އެކިފަރާތްތަކުން އަމިއްލަ ބޭނުންތަކަށާއި، ވިޔަފާރީގެ ބޭނުންތަކަށް ގިނަ އަދަދަކަށް ވެލި ނަގަމުންދާކަންވަނީ ފާހަގަ ކުރެވިފައެވެ. މިގޮތަށް ފަޅުމަތިން ވެލި ނެގުމުގެ ސަބަބުން، ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެ، ރަށުގެ ތިމާވެއްޓަށް ޢިއާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަށް ދަނީ ލިބެމުންނެވެ. މިކަމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާ ޚިލާފު، އަދި ރަށުގެ އިޤްތިސާދު އެކަމަކަށް ބަރޯސާވެފައިވާ ފަތުވެރިކަމަށް ނުހަނު ނޭދެވޭ އަސަރުތަކެއް ކުރާނެކަމެކެވެ.
ވީމާ، މިކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ ސަރަހައްދަކުން އެއްވެސް ބޭނުމަކު ވެލި ނެގުމަކީ މަނާކަމެއް ކަމުގައި އަންގައި އިޢުލާނުކުރަމެވެ. އަދި މި އިޢުލާނާ ޚިލާފުވާ ފަރާތްތަކާމެދު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި ،ގަވާއިދުތަކުގެ ދަށުން ފިޔަވަޅު އެޅޭނެ ވާހަކަވެސް ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. މިފަދަ ތިމާވެއްޓަށް ގެއްލުންދެނިވި ކަންކަން ހުއްޓުވުމުގައި ރަށުގެ އެންމެހައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން މިކައުންސިލަށް ދެއްވަމުން ގެންދެވުން އެދެމެވެ.
25 ރަބީއުލްއައްވަލު 1448
7 ސެޕްޓެންބަރު 2026
އިބްރާހިމް އުޘްމާން
ކައުންސިލްގެ ރައީސް