މަސައްކަތް
ނަންބަރު: (IUL)GZS/2016/22
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 02 މާރިޗު 2016 11:00
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ކޯޗުކޮށްދޭނެ ފަރާތެއް ހޯދުން

ކުޅިވަރު ކޯޗުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ސްކޫލުގެ ދަރިވަރުންނަށް ތިރީގައި މިދަންނަވާ ކުޅިވަރުތައް ކޯޗުކޮށްދިނުމާއި އެ ކުޅިވަރުތައް މި ސްކޫލުގައި ދިރުވައި އާލާކުރުމުގައި ފެސިލިޓޭޓް ކޮށްދޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ފުޓުބޯޅަ
  • ބާސްކެޓު ބޯޅަ
  • ނެޓުބޯޅަ
  • ބެޑްމިންޓަން
  • ސްވިމިންގ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމަތު ސާފުކުރެއްވުމަށް 2016 ފެބުރުވަރީ 28 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި ޕްރޮޕޯޒަލް ބަލައިގަތުން 2016 މާރިޗު 2 ވާ ބުދަ ދުވަހުގެ 11:00 ގައި މި ސްކޫލުގެ މީޓިންގރޫމުގައި އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350744 ނަންބަރު ފޯނާއެވެ.

18 ފެބުރުވަރީ 2016