| 
 އިޢުލާން 
ވަޒީފާގެ ފުރުޞަތު:
  
 | 
| 
 މަޤާމް: 
 | 
 އެޑްމިނިސްޓްރޭޓަރ   
 | 
 
| 
 ބޭނުންވާ އަދަދު: 
 | 
 1 (އެކެއް) 
 | 
 
| 
 މަޤާމުގެ ގިންތި: 
 | 
 ދާއިމީ 
 | 
 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން: 
 | 
 ހުޅުދޫ ސްކޫލް / ސ. ހުޅުދޫ 
 | 
 
 
 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 
- ސްކޫލުގެ ބަޖެޓާއި، އެކިއެކި ފަންޑުތަކާއި، ބޭންކުގައި ހުޅުވާފައިހުންނަ ސްކޫލުގެ އެންމެހައި އެކައުންޓުތަކާއި، އެނޫނަސް ސްކޫލަށް ވަދެނިކުންނަ ކޮންމެ ފައިސާއަކާބެހޭ  އެންމެހައި ކަންތައްތައް، ސަރުކާރުގެ ފައިސާ ބެލެހެއްޓުމުގެ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާގޮތުގެމަތީން ރާވައި ހިންގައި ބެލެހެއްޓުން.
 
- ސްކޫލުގެ އުނގެނުމާއި އުނގަންނައިދިނުމުގެ ކަންތައްތަކާއި، އެއާ ގުޅިފައިވާ އެންމެހައި ކަންތައްތައް، އޮމާންކަމާއެކު ހިންގުމަށްޓަކައި އިދާރީގޮތުން ހަމަޖެހިފައި ހުންނަންޖެހޭ އެންމެހައި ކަންތައް ހަމަޖެހި އިންތިޒާމުވެފައިވާކަން ކަށަވަރުކޮށް، އެކަން ހިންގައި ބެލެހެއްޓުން.
 
- ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.
 
- ސްކޫލުގެ އެންމެހައި އިމާރާތްތަކާއި، މުދަލާއި، ސްކޫލަށް މިލްކުވެގެންވާނަމަ ވާހައި ރުއްގަހާއި، ބިންތައް، ރައްކާތެރިކަމާއި ސާފުތާހިރުކަމާއެކު ގެންގުޅެ ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައި، އެކަން ހިންގައި ބެލެހެއްޓުމާއި، ކުދީންނާއި މުވައްޒަފުންގެ ބޯފެނާއި ފާޚާނާގެ ކަންތައް ރާވައި ހިންގައި ބެލެހެއްޓުން.
 
- ސްކޫލުގައި ހިންގާ ހަރަކާތްތަކާއި، މުވައްޒަފުންގެ މަސައްކަތާބެހޭ އެންމެހައި ކަންތައްތައް ރިކޯޑުކުރެވި، އެނަލައިޒުކޮށް، ރައްކާކުރެވި، ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދެވޭނެހެން އިންތިޒާމުތައް ކުރެވިފައި ހުރުމާއި، ސްކޫލުގެ ތާރީޚަށްޓަކައި، އުފައްދައި ރައްކާކުރަންޖެހޭ ލިޔުންތަކާއި، ފޮޓޯތަކާއި، ރިޕޯޓުތައް އުފައްދައި ގެންގުޅެ ފަހަށް ރައްކާކުރަންޖެހޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައި، މިކަން ހިންގައި ބެލެހެއްޓުން.
 
- އިދާރީ މުވައްޒަފުންނާއި މަސައްކަތު މީހުންގެ މެދުގައި މަސައްކަތް ބެހުމާއި، ފަސޭހަކަމާއެކު ސްކޫލުގެ މަސައްކަތް ކުރެވޭނޭ އިންތިޒާމުތައް ހަމަޖެއްސުމާއި، މުވައްޒަފުންނާ ގުޅިގެން ކުރަންޖެހޭކަމަށް ސިވިލް ސަރވިސްގެ ގަވާއިދުގައި ބުނާ އެންމެހައި ކަންތައްތައް ހިންގައި ރާވައި ބެލެހެއްޓުން.
 
- ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
 
- ސްކޫލުގެ އިދާރީ މުވައްޒަފުންގެ އެންމެހައި މަސައްކަތްތައް ގާތުން ބަލައި އިޞްލާޙީ ފިޔަވަޅުތައް އެޅުން.
 
 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
 
 
 | 
| 
 މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކުގެ މަޤާމް ހަމަޖައްސާނީ، ތިރީގައިމިވާގޮތަށް، ލިބިފައިވާ ސެޓްފިކެޓެއްގެ ލެވެލަށް ބަލައިގެންނެވެ. 
 | 
| 
 މަޤާމުގެ 
ނަން 
 | 
 މަޤާމުގެ 
ކްލެސިފިކޭޝަން 
 | 
 ސިވިލް ސަރވިސްގެ 
ރޭންކް 
 | 
 އަސާސީ 
ޝަރުޠު 
 | 
 އަސާސީ 
މުސާރަ 
 | 
 ސަރވިސް އެލަވަންސް 
 | 
| 
 އެޑްމިނިސްޓްރޭޓަރ 
 | 
 އެސިސްޓެންޓް ޑިރެކްޓަރ 
 | 
 އެމް.އެސް 3 
  
 | 
 އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 
އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 
އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 
އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 
 | 
   
  
  
-/7،035 ރުފިޔާ 
  
  
  
 | 
 -/2،000 ރުފިޔާ 
 | 
|   | 
| 
 އިތުރު ޢިނާޔަތްތައް: 
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 
 | 
| 
 ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: 
- ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ވެސް ކުރެވޭނެއެވެ.)
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯކޮޕީތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ)
 
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް.
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.
 
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
 
 
ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ. 
 | 
| 
 އިންޓަވިއުކުރުން: 
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
 
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
 
 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  
މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން،  ވަޒީފާއަށް އެދޭ ފޯމު، މަތީގައި ބަޔާންވެފައިވާ ލިޔުންތަކާއެކު، މި ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. 
ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ. 
 | 
| 
 ނޯޓް: މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސަވައިދެވޭނެއެވެ. 
އިތުރު މަޢުލޫމާތު: 
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 6894068 ނަންބަރު ފޯނާ ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6894574 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. 
 | 
| 
 7 ޖުމާދަލްއޫލާ 1437 
 |