ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން އިންތިޒާމުކުރާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު - މޯލްޑިވްސް އެކްސްޕޯ 2026" 24 އޮކްޓޫބަރުން 3 ނޮވެންބަރު 2026 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި އެކްސްޕޯ ކުރިއަށްދާ މުއްދަތުގައި އެތަނުގައި "ހޮރޯ ސްޓޯލް - ބިރުވެރި ހޮހޮޅަ" ތަރައްގީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް މި ކޯޕަރޭޝަނުން ބޭނުންވެއެވެ. ވީމާ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
|
މި ކޯޕަރޭޝަނުން ފޯރުކޮށްދޭނެ ޚިދުމަތްތައް: |
ސްޓޯލް ހެދުމަށް ބޭނުންވާ ޓެންޓު ކަރަންޓުގެ ޚިދުމަތް |
|
ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާތައް: |
ސްޓޯލް ހިންގާނެ ފުރިހަމަ ކޮންސެޕްޓެއް އެކުލަވައިލައި، އެ ކޮންސެޕްޓާ އެއްގޮތަށް ތަން ތަރައްޤީކުރުމާއި، އެކްސްޕޯގެ މުއްދަތުގައި އެތަން އޮޕަރޭޓްކޮށް ހިންގުމާއި، މި މަސައްކަތާ ގުޅިގެން ހިނގާނެ އެންމެހައި ޚަރަދުތައް ބެލެހެއްޓުން. |
|
އާމްދަނީ: |
ހުށަހަޅާ ޕްރޮޕޯސަލްގައި، މި ޙަރަކާތުން ލިބޭ އާމްދަނީ ކޯޕަރޭޝަނާއި ޕްރޮޕޯސަލް ހުށަހަޅާ ފަރާތާ ދެމެދު ބަހާނެ ގޮތުގެ ތަފުޞީލު (ރެވެނިއު ޝެއަރިންގ މޮޑެލް) ބަޔާންކުރަންވާނެއެވެ. ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގައި، މި ކޯޕަރޭޝަނަށް އެންމެ ފައިދާހުރި ގޮތަކަށް އާމްދަނީ ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި ކޯޕަރޭޝަނުގެ [email protected] އީމެއިލް އެޑްރެހަށް ޕްރޮޕޯސަލް، ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓް، ވިޔަފާރު ފްރޮފައިލް، މީގެ ކުރިން ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ތަފްސީލު ލިޔެކިޔުންތަށް ފޮނުއްވުމަށް ދަންނަވަމެވެ.