ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2026/80
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:25
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުފެންވަރުގައި ކުނިމެނޭޖް ކުރުމުގެ ގޮތުން ނަގަމުންދާ ފީ މުރާޖަޢާކުރުން.

ރަށު ފެންވަރުގައި ކުނިމެނޭޖް ކުރުމުގެ ގޮތުން ކައުންސިލުން މިހާރު ނަގަމުންދާ ކުނީގެ ފީ މުރާޖަޢާކުރުމާއި، ގުޅޭގޮތުން މެމްބަރުން މަޝްވަރާ ކުރުމަށްފަހު 1 ސެޕްޓެމްބަރ 2026 ވަނަ ދުވަހުން ފެށިގެން ތިރީގައިވާ ގޮތުގެ މަތިން ފީތައް ނެގުމަށް 5 ވަނަ ދައުރުގެ 16 ވަނަ ޢައްމު ބައްދަލުވުމުން ފާސްކޮށްފައެވެ.

            1- ގޭބިސީ ތަކުގެ ބަދިގެއާއި ގޯތިތެރޭގައި އުފެދޭ ބާވަތްތަކުން މިހާރު ނަގަމުން އަންނަ -/200 ރުފިޔާގެ ކުނީގެފީގެ ބަދަލުގައި -/100 ރުފިޔާ ނެގުން. ( 01 އޮކްޓޫބަރ 2026 ވަނަ ދުވަހުން ފެށިގެން )

         2- (ހ) ބޮޑެތި ކުނިތައް ނެގުމަށް ކައުންސިލުން ކުރާ ޕިކަޕް ދަތުރަކަށް -/60 ރުފިޔާ ނެގުން. (އެއީ ކުނި އުކާ ގެއަކުން ޕިކަޕަށް ކުނިތައް އަރުވާ ބާލާނަމަ )

         (ށ) ބޮޑެތި ކުނިތައް ނެގުމަށް ކައުންސިލުން ކުރާ ޕިކަޕް ދަތުރަކަށް -/100 ރުފިޔާ  ނެގުން. (އެއީ ކައުންސިލްގެ މުވައްޒަފުން ބޭނުންކޮށްގެން ޕިކަޕަށް ކުނިތައް އަރުވާ ބާލާނަމަ )

        3- (ހ) ގާ ކުނިތައް ނެގުމަށް ކައުންސިލުން ކުރާ ޕިކަޕް ދަތުރަކަށް -/100 ރުފިޔާ ނެގުން (އެއީ ގާކުނި އުކާގެއަކުން ޕިކަޕަށް ގާ ކުނިތައް އަރުވާ ބާލާނަމަ )

        (ށ) ގާ ކުނިތައް ނެގުމަށް ކައުންސިލުން ކުރާ ޕިކަޕް ދަތުރަކަށް -/150 ރުފިޔާ ނެގުން. (އެއީ ކައުންސިލްގެ މުވައްޒަފުން ބޭނުންކޮށްގެން ޕިކަޕަށް ގާ ކުނިތައް އަރުވާ ބާލާނަމަ )  

ބަދިގޭގެ ކުނިތައް އެޅުމަށް ގޮނޑުގައި މިހާރު ވަނީ ޚާއްސަތަނެއް ކަނޑައަޅާފައެވެ. އެހެންކަމުން، މީގެ ފަހުން އަތިރިމައްޗަށް ބަދިގޭގެ ކުނިތައް އެޅުމަކީ މަނާކަމެކެވެ. ކައުންސިލުން ނިންމާފައިވާ މި ނިންމުމާއި، ޚިލާފަށް ބަދިގެ ކުނިތައް އަތިރިމައްޗަށް އުކާނަމަ އެފަރާތްތަކާއި މެދު ކައުންސިލުން ފިޔަވަޅު އަޅާނެ ވާހަކަވެސް ދެންނެވީމެވެ. 

            ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06 ސެޕްޓެންބަރު 2026