ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GZS/2016/16
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 25 ފެބުރުވަރީ 2016 14:00
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމް: ޕްރިންޓަރ 

ބޭނުންވާ ޢަދަދު: 01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ޣާޒީ ސްކޫލް،  ހުޅުމާލެ

ގިންތި/ސެކްޝަން: ދާއިމީ/އެކަޑަމިކް ސެކްޝަން

މަޤާމުގެ ހުއްދަ ނަންބަރު:OD/22/2016/09-ފ188

މުސާރަ: -/3875 ރުފިޔާ

އެލަވަންސް: -/1000 ރުފިޔާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕްރިންޓް ކުރަންޖެހޭ ތަކެތި ޕްރިންޓްކުރުން.
  • ޕްރިންޓްކުރާ ތަކެތީގެ ކޮޕީއެއް ފައިލްކޮށް ބެލެހެއްޓުން.
  • އެސެސްމެންޓްތަކާއި ޓާރމް ޓެސްޓް ޕޭޕަރުތައް ޓައިމްޓޭބަލާ އެއްގޮތްވާ ގޮތުގެ މަތިން ޕްރިންޓްކޮށް، ހީރަސް ޖަހައި ރައްކާތެރިކަމާއެކު ލީޑިންގ ޓީޗަރުންނާއި ހަވާލުކުރުން.
  • ކިޔަވައި ދިނުމަށް ބޭނުންވާ ވާރކްޝީޓްތަކާއި އަދިމިނޫންވެސް ޓީޗިންގ މެޓީރިއަލްތައް ޓީޗަރުން ކަނޑައަޅާ ތާރީޚަށް ނިންމުން.
  • ފޮޓޯކޮޕީ މެޝިންތަކާއި، ޗާޕްމެސިން އަދި އެހެނިހެން ޕްރިންޓަރތައް ރަގަޅަށް ސާފުކޮށް ބެލެހެއްޓުމާއި އެކު މެޝިނަކަށް މައްސަލައެއް މެދުވެރި ވެއްޖެނަމަ އެކަމެއްގެ މަޢުލޫމާތު ކަމާބެހޭ ވެރިއަކަށް ވަގުތުން ދިނުމާއި އެކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން މަސައްކަތް ކުރުން.
  • ޕްރިންޓް ކުރުމަށް ބޭނުންވާ ކަރުދާސް ދެލިފަދަ ތަކެތި ދުރާލާ ހޯދުން.
  • ރީޔޫސްކުރުން އަދި ބެނުންވާ އަދަދަށް ޕްރިންޓް ކުރުމަށް ސަމާލުވުން.
  • ޕްރިންޓްރޫމް ސާފުކުރުވާ ތަރުތީބުކޮށް ބެލެހެއްޓުން.
  • ހަވާލު ކުރެވޭ އެކިއެކި އެއްޗެހި ލެމިނޭޓް ކުރުމާއި ބައިންޑް ކުރުން.
  • ސްކޫލުން ރާވާހިންގާ ޕްރޮގްރާމް ތަކުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިންއެހީތެރިވެ ދިނުން.

ރޭންކް: އެސްއެސް 3

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3

ޝަރުޠު:

  1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

- މަސައްކަތް ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

އިންޓަރވިއުކުރުން

  • މިމަޤާމުތަކަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށް ފަހުގައެވެ. މި މަޤާމަށް މީހުން ހޮވުމަށް އިންޓަރވިއު އޮންނާނީ 2016 ފެބުރުވަރީ 28 ވާ (އާދީއްތަ) ދުވަހުއެވެ.
  • މިމަޤާމުތަކަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށް ފަހުގައެވެ. މިމަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
  • މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު ސްކޫލް އޮފީހުން ލިބެން ހުންނާނެ)
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، މުއްދަތު ހަމަނުވާ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް) ހިމެނިފައިވުން.
  • ސަރުކާރުގެ ބޮންޑެއްގެ ދަށުން ވަޒީފާ އަދާ ކުރާ ފަރާތެއްނަމަ އިޤްރާރުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މަޤާމުތަކަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ފެބުރުވަރީ 25 ވާ (ބުރާސްފަތި) ދުވަހުގެ 14:00ގެ ކުރިން ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު ޣާޒީ ސްކޫލުގެ އެޑްމިން އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޣާޒީ ސްކޫލުގެ ނަންބަރު 3350744 ފޯނަށް ގުޅުއްވުން އެދެމެވެ.

17 ފެބުރުވަރީ 2016