ބީލަން
ނަންބަރު: (IUL)FDC-P/1/2026/66
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 08 ސެޕްޓެންބަރު 2026 14:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަނަށް ޕެސެންޖަރ ލޯންޗެއް / ސްޕީޑްބޯޓެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި އިޢުލާންވަނީ 08 ސެޕްޓެންބަރު 2026 14:31 ގައި ބާތިލް ކުރެވިފައެވެ.


 

މި ކޯޕަރޭޝަނުން ދޭ މައުލޫމާތާ އެއްގޮތަށް ޕެސެންޖަރ ލޯންޗެއް / ސްޕީޑްބޯޓެއް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން،  08 ސެޕްޓެމްބަރު 2026 / 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. އަދި ތިރީގައި މި ދަންނަވާ ތާރީޚުގައި މި ކޯޕަރޭޝަނަށް (ހ. ފަތަނގުމާގެ، މާލެ، 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ސުންގަޑި

ބިޑް ރެޖިސްޓްރޭޝަން

Purchase of a Passenger Launch/Speedboat –Fill in form ލިންކް މެދުވެރިކޮށް ރެޖިސްޓަރީ ނުކުރެވޭނަމަ، ރެޖިސްޓަރީ ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމުގެ 1 ގަޑިއިރު ކުރިން މިކޯޕަރޭޝަނަށް އެންގެވުން އެދެމެވެ.

08 ސެޕްޓެމްބަރު 2026 / 14:00 ގެ ކުރިން

މައުލޫމާތު ސެޝަން އަދި މައުލޫމާތު ކަރުދާސް ދޫކުރުން

ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ ފަތަނގުމާގެ، މާލެ

9 ސެޕްޓެމްބަރު 2026 / 10:00

ބީލަން ހުށަހެޅުން

ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ ފަތަނގުމާގެ، މާލެ

15 ސެޕްޓެމްބަރު 2026 / 10:00

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:

  • މި ބީލަމުގެ ބައިވެރިވެވަޑައިގެންނެވޭނީ ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • މި ބީލަމުގެ މައުލޫމާތު ކަރުދާސް ހިއްސާ ކޮއްލެވޭނީ ހަމައެކަނި އިންފޮމޭޝަން ސެޝަންއަށް ދުރުވާ ބޭފުޅުންނަށެވެ.
  • ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (ފަތަނގުމާގެ، ސޯސަން މަގު، ކ.މާލެ) ގައެވެ.

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 09:00 – 14:00 ދެމެދު މި ކޯޕަރޭޝަނަށް 3341946 އަށް ގުޅުއްވުން

 ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

06 ސެޕްޓެންބަރު 2026