ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSED/248/2026/80
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 09 ސެޕްޓެންބަރު 2026 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޭންޑް ބޯލް ކޯޓު ތަރައްޤީކުރުމަށް ނިންމާފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިން ސާފުކުރުން

މިރަށު އައުޓްޑޯރ ޖިމް (އިހަމަ) އަދި ފެނަކަ ޓްރާންސްފޯމަރ އިމާރާތުގެ އުތުރުން އޮތް ހުސްބިމުގައި ހުރި ރުއްގަސް ނަގަންޖެހޭތީ، އެރުއްގަހުގެ ވެރިން ސާފުކުރުމަށް ވަނީ ބޭނުންވެފައެވެ. މިގޮތުން އެ ސަރަހައްދުން ކަނޑަން ބޭނުންވާ ރުއްގަހުގައި ހުދު ކުލައިން 1 ން 21 އަށް ރަސްގެ ޖަހާފައި ހުންނާނެއެވެ.

ވީމާ އެރުއްގަހުގެ ވެރިން މި އިދާރާއަށް ދުރުވެ މި އިދާރާއިން އެރުއްގަހަށް ދީފައިވާ ނަންބަރު ނޯޓު ކުރެއްވުމަށް ދަންނަވަމެވެ. ރުއްގަހުގެ ވެރިފަރާތުން ރުއްގަހުގައި ޖަހާފައިވާ ނަންބަރު ނޯޓް ކުރުމަށް ދުރުވާއިރު އެރުއްގަހުގެ ރަޖިސްޓަރީ ނަންބަރު ގެންނަވަން ޖެހޭނެއެވެ. އަދި 2026 އޮގަސްޓް 09 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ޤާނޫނު ނަމްބަރ 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާލެވޭނެ ވާހަކަ ދެންނެވީމެވެ.

 

ނޯޓް. މިރަށު އައުޓްޑޯރ ޖިމް (އިހަމަ) އަދި ފެނަކަ ޓްރާންސްފޯމަރ އިމާރާތުގެ އުތުރަށް އޮތް ހުސްބިން.

 މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

‏                                    24‏ ރަބީޢުލްއައްވަލް‏ 1448

06 ސެޕްޓެންބަރު 2026