ދިވެހިރާއްޖެ
އިޢުލާން
ޝަރީޢަތްކުރާ ކޮޓަރީގެ ފާރުގެ ރެނދު ބައްދައި، ވޯލްޕެނަލް އާއި ޔޫވީ މާބްލް ޝީޓް ހަރުކުރުން
މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް، މިކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގެ ފާރުގެ ރެނދު ބައްދައި، ވޯލްޕެނަލް އާއި ޔޫވީ މާބްލް ޝީޓް ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 14 ވާ (ހޯމަ) ދުވަހުގެ 11:00 ށް މި ކޯޓަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ކޯޓޭޝަންގައި މަސައްކަތުގެ އަގާއި މަސައްކަތް ނިންމޭނެ މުއްދަތު ހިމެނުމަށް ދަންނަވަމެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ޝީޓް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު
ފޯން: 6520073، 6520074
އީ-މެއިލް: [email protected]
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
24 ރަބީޢުލްއައްވަލް 1448
06 ސެޕްޓެންބަރު 2026