މަސައްކަތް
ނަންބަރު: (IUL)14-PR/1/2026/86
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 14 ސެޕްޓެންބަރު 2026 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތަށް ބޭނުންވާ ސްޕްލިޓް ޓައިޕް އެއަރ ކޮންޑިޝަން ޔުނިޓް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

     މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނޯތު ރީޖަނަލް ހެޑް އޮފީސް އިމާރާތަށް ބޭނުންވާ ސްޕްލިޓް ޓައިޕް އެއަރކޮންޑިޝަން ޔުނިޓް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

     ވީމާ، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތުކަރުދާހުގައިވާ ގޮތުގެ މަތީން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 21 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީސް، ބޮޑުތަކުރުފާނުމަގު، ކ.މާލެ / ކަސްޓަމްސް ނޯތު ރީޖަނަލް ހެޑް އޮފީސް، ހދ.ކުޅުދުއްފުށި އަށް  ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.

     ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ [email protected] އީމެއިލް އަށް 14 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

06 ސެޕްޓެންބަރު 2026