ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2026/76
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި: 14 ސެޕްޓެންބަރު 2026 11:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫގައި ޤާއިމުކުރާ ގަހުގެ ނާސަރީ އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭގޮތުން ކޮށްފައިވާ އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލު އައުމާއި ބީލަން ހުށަހަޅާ ތާރީޚަށް ބަދަލު އައުން

ކެނދިކުޅުދޫ ކައުންސިލާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ އާއި ގުޅިގެން ކެނދިކުޅުދޫގައި ގަހުގެ ނާސަރީއެއް ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމަށް 24 އޯގަސްޓް 2026 ގައި ކޮށްފައިވާ އިޢުލާން (ނަންބަރ: ((IUL)286-MP/2026/70 އާއި ގުޅިގެން ދަންނަވަމެވެ. ކުރީގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިނުވާ ބައެއް ކަންކަން އިތުރުކޮށް ކުރެހުމުގައި ހިމެނުމަށްފަހު މި އިޢުލާނާއެކު ޝާއިޢު ކުރެވުނު ވާހަކަވެސް ދަންނަވަމެވެ.

  1. ރަޖިސްޓްރޭޝަން

-          24 އޯގަސްޓް 2026  ނަންބަރ: (IUL)286-MP/2026/70 ގެ އިޢުލާނާއި ގުޅިގެން މި ބިޑުގެ ރެޖިސްޓްރޭޝަން ވަނީ ނިމިފައެވެ.

  1. މަޢުލޫމާތު ސާފުކުރުން

-          ބަދަލު ގެނެވިފައިވާ މަޢުލޫމާތު ކަރުދާސް ، މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކަށް އީ-މެއިލްގެ ޒަރީޢާއިން ރައްދުކޮށްދެވޭނެއެވެ.

  1. ބީލަން ހުށަހެޅުން

 - ބީލަން ހުޅުވުން އޮންނާނީ 14 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން (ކެނދި މާލަން) ގައެވެ.

  1. އިތުރު މަޢުލޫމާތު
  • އެކަށީގެންވާ ޢަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލުކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

- މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

- ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ

- ފޯން: 6560013 ނުވަތަ 6560674 (ރަސްމީ ގަޑީގައި)

- އީމެއިލް: [email protected]

 

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

23 ރަބީޢުލްއައްވަލް 1448

06 ސެޕްޓެންބަރު 2026