ދިވެހިރާއްޖެ
ރަށުގެ އިޖްތިމާޢީ ސަރަހައްދުތައް ސާފުކޮށް ބަހަލައްޓައިދޭނެ ފަރާތްތަކެއް ހޯދުން
ރަށުގެ އިޖުތިމާޢީ ސަރަހައްދުގެ ގޮތުގައި ސާފުކޮށް ބަލަހައްޓަމުން ގެންދާ ބިންތައް 1 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކެއް ބޭނުންވެއްޖެއެވެ.
މައިގަނޑު މަސައްކަތްތައް:
- ކަނޑައެޅޭ އިޖްތިމާޢީ ސަރަޙައްދުތަކާއި މަގުތައް ކުނިކަހައި ސާފުކުރުން.
- ކުނި އެއްކޮށް، ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކުނި ނައްތާލުން.
- ގަސްތަކުން ވެއްޓޭ ފަތްތަކާއި، އަކިރި، ވެލި އަދި އެހެނިހެން ކުނިބުނި ނަގައި ސަރަޙައްދު ސާފުތާހިރުކޮށް ބެލެހެއްޓުން.
ޝަރުޠުތައް:
- ދިވެހި ރައްޔިތެއް ކަމުގައިވުން.
- ޢުމުރުން 18 އަހަރާއި 80 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.
- މަސައްކަތް ކުރެވޭ ފަދަ ޞިއްޙީ ދުޅަހެޔޮކަމެއްގައި ހުރި ފަރާތަކަށް ވުން.
- ސަރުކާރުގެ އެއްވެސް ވަޒީފާއެއްގައި އުޅޭފަރާތަކަށް ނުވުން.
އެޕްލިކޭޝަން ހުށަހެޅުން:
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި މިކަމަށް އެދި ހުށަހަޅާ ފަރާތުގެ އަމިއްލަ ބޭންކު އެކައުންޓް ތަފްޞީލު (އެކައުންޓް ސްލިޕް) 14 ސެޕްޓެންބަރ 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް އެދޭ ފޯމު މި އިޢުލާނާއެކު ޢާންމުކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ގަޑިތަކުގައި މި އިދާރާގެ ނަންބަރު 6841626 އަށް ގުޅުއްވުން އެދެމެވެ.