މަސައްކަތް
ނަންބަރު: 667-A/2026/13
ޕަބްލިޝްކުރި ތާރީޚް: 06 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 08:53
ސުންގަޑި: 09 ސެޕްޓެންބަރު 2026 12:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުުލާން

 

667-A/2026/13 ނަންބަރު

މިކޯޓުގެ މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން

މި ކޯޓުގެ އިދާރީބައިން ކޯޓްރޫމަށް ވަދެވޭގޮތަށް ދޮރެއް ކަނޑައި، ދޮރާއި ދޮރުފަތް ހަރުކޮށްދިނުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް، 2026 އޯގަސްޓް 05 ވަނަ ދުވަހު ކުރެވުނު، ނަންބަރު: 667A/2026/8  އިޢުލާނާއި ގުޅިގެން މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތުޝީޓާއި އެއްގޮތަށް، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކޯޓަށް ހާޟިރުވެ އެސްޓިމޭޓު ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6820752 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

06 ސެޕްޓެންބަރު 2026