ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415-PS/415/2026/115
ޕަބްލިޝްކުރި ތާރީޚް: 04 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 21:42
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީ ލޯކަލް މާރުކޭޓުގެ ގޮޅިތަށް ކުއްޔަށް ދިނުމާއި ބެހޭ އުސޫލް

އިޢުލާން

ތިނަދޫ ސިޓީ ލޯކަލް މާރުކޭޓުގެ ގޮޅިތަށް ކުއްޔަށް ދިނުމާއި ބެހޭ އުސޫލް އާއްމުކުރުން

   ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 152 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ތިނަދޫ ސިޓީގެ މުނިސިޕަލް ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ހަދަންޖެހޭ ޤަވާއިދުތަކާއި އުޞޫލުތައް ހަދައި، ހިންގުމަށް ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށް ލިބިދީފައިވާ ބާރުގެ ދަށުން، ތިނަދޫ ސިޓީ ލޯކަލް މާރުކޭޓު ގޮޅިތައް ކުއްޔަށް ދޫކުރުމުގެ ކަންކަން ބެލެހެއްޓުމަށް ހަދާފައިވާ އުޞޫލު އާއްމު ކުރަމެވެ.

04 ސެޕްޓެންބަރު 2026