ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2026/181
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 21:43
ސުންގަޑި: 05 ސެޕްޓެންބަރު 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2026/181

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.     

 

 

މަޤާމް:

ސޭލްސް އެސިސްޓަންޓް (ދ. މީދޫ)

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް

ބޭނުންވާ އަދަދު:

02

މަސައްކަތުގެ ބާވަތް:

-          ދުވަހުން ދުވަހަށް ތެޔޮ ވިއްކުމުގެ މުޢާމަލާތްތައް ބެލެހެއްޓުމާއި، ރަސީދު ދޫކުރުމާއި، އަދި ފައިސާގެ ރެކޯޑުތައް ސައްޙަކަމާއެކު ބެލެހެއްޓުން.

-          ދުވަހުގެ ރިޕޯޓުތައް ތައްޔާރުކުރުމާއި އަދި ރިކޮންސައިލް ކުރުން.

-           ޓޭންކުތަކުގައި ވާ ތެލުގެ  މިންވަރު ބަލައި ރެކޯޑުކޮށް، ތެލުގެ ސްޓޮކްގެ ޢަދަދުތައް ސައްޙަކަން ކަށަވަރުކުރުމާއި އަދި  އެހެނިހެން ޓެކްނިކަލް މަސައްކަތްތައް ކުރުން

-          އިންވޮއިސްތައް ތައްޔާރުކުރުމާއި އަދި ކަސްޓަމަރުންގެ ފައިސާ ދެއްކުމުގެ މުޢާމަލާތްތައް ކުރުން.

-          ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދިނުމާއި އަދި ތެލަށް އެދޭ އެދުންތައް ފުރިހަމަކުރުމާ އެކު، ރަނގަޅު ފެންވަރެއްގައި ކަސްޓަމަރ ސަރވިސް ފޯރުކޮށްދިނުން.

-          ސުޕަވައިޒާރ ނުވަތަ މެނޭޖަރ ޙަވާލުކުރާ އިދާރީ މަސައްކަތްތައް ކުރުން.

-          ހުރިހާ މުޢާމަލާތްތަކާއި ހިންގުންތައް ކުންފުނީގެ ސިޔާސަތުތަކާއި އުޞޫލުތަކާ އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުން.

ޝަރުތުތައް:

-          ގްރޭޑް 8 ފުރިހަމަކޮށްފައިވުން

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

-          ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން

މުސާރަ:

-          11،000ރ އާއި 12،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް އީޒީފިލް ދ. މީދޫ

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 05 ސެޕްޓެމްބަރ 2026 ވާ ހޮނިހިރު ދުވަހު މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލް، https://www.fsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.

 

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510  /3331443 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

03.09.2026

 

 

 

03 ސެޕްޓެންބަރު 2026