ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-HRS/221/2026/25
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 20:32
ސުންގަޑި: 14 ސެޕްޓެންބަރު 2026 13:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އޮޑިޓަރ

އިޢުލާނު 

މަޤާމު:

އޮޑިޓަރ

މަޤާމުގެ ނަންބަރު:

J-459271

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މާލެ، ދިވެހިރާއްޖެ

މުސާރަ:

-/6295 (ހަ ހާސް ދުއިސައްތަ ނުވަދިހަ ފަސް ރުފިޔާ)

ސަރވިސް އެލަވަންސް:

-/2000 (ދެ ހާސް ރުފިޔާ)

އެހެނިހެން އެލަވަންސް:

އެކްސްކްލޫސިވް ޖޮބް އެލަވަންސް: މުސާރައިގެ %50 އިންސައްތަ (-/3147.50) ތިން ހާސް އެއް ސަތޭކަ ސާޅީސް ހަތް ރުފިޔާ ފަންސާސް ލާރި

ލިވިންގ އެލަވަންސް: -/3000 (ތިން ހާސް ރުފިޔާ)

ހާޒިރީ އެލަވަންސް: -/200 (ދުއިސައްތަ ރުފިޔާ) ހާޝިރުވާ ކޮންމެ ރަސްމީ ދުވަހަކަށް

މިމަޤާމަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކައުންސިލްތަކުގެ އިދާރީ ހިންގުން މޮނިޓަރކުރުމާއި ކައުންސިލްތައް ހިނގަމުންދަނީ ޤާނޫނާއި ޤަވާއިދާ، ކައުންސިލް ހިންގުމަށާއި ކައުންސިލަރުން ޢަމަލުކުރަންވީ އުޞޫލުތަކާ އެއްގޮތައްތޯ ބަލާ މޮނިޓަރ ކޮށް ލާމަރުކަޒީ ޤާނޫނުގައި ހުރި މަޤްޞަދުތައް ޙާޞިލުކުރުމަށް ކައުންސިލުން މަސައްކަތްކުރާ މިންވަރު ވަޒަންކުރުން. މީގެ ތެރޭގައި؛

(ހ) ކައުންސިލްތަކުގެ ޚަރަދުކުރުމާއި އާމްދަނީ ހޯދުމުގައި ކައުންސިލްތަކުން އަމަލުކުރަނީ ކަނޑައެޅިފައިވާ މަޤްޞަދުތަކާއި އެއްގޮތަށްތޯ ބަލާ، އެގޮތުގެ މަތީން ކައުންސިލްތަކުގެ ކަންކަން ރާވައި ކޮންޓްރޯލް ކުރުމަށް ކައުންސިލްތަކަށް އެހީތެރިވެދިނުން

(ށ) ކައުންސިލްތަކުގެ މަސައްކަތް ތަރައްޤީގެ ޕްލޭނާ އެއްގޮތަށް ތަންފީޒުކުރޭތޯ ބެލުން

(ނ) ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އިދާރީ ނިޒާމް އޮޑިޓްކުރުމާއި އޮޑިޓް ރިޕޯޓް ތައްޔާރުކުރުން

(ރ) އަހަރީ މަސައްކަތު ތާވަލް އެކުލަވާލުން

2. ކައުންސިލްތަކުގެ މާލީކަންކަން މޮނިޓަރކޮށް އިންޓަރނަލް އޯޑިޓްނިޒާމް ޤާއިމުކޮށް ހަރުދަނާކުރުން އަދި ކައުންސިލްތަކުގެ ހިސާބުކިތާބު ބެލެހެއްޓުމާއި މާލީ މުއާމަލާތްތައް ހިންގަނީ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށްތޯއާއި، ބަޖެޓްކުރުމާއި ޚަރަދުކުރުން ބިނާކުރަނީ ޤާނޫނުގައި ހުރި މަޤްޞަދުތަކާއި ޒިންމާތައް އަދާކުރުމަށްތޯ ބަލާ ވަޒަންކުރުން. މީގެ ތެރޭގައި؛

(ހ) ކައުންސިލްތަކުގެ ފައިސާ އާއި ބެހޭ ނިޒާމް ބަލައި، ޕޮލިސީތަކާއި އިންޓަރނަލް ފައިނޭންސް އޮޑިޓް ޕްރޮސީޖަރ ތަކާއި، އަދި ކޮންޓްރޯލްސްތައް ގެންގުޅެނީ ކިހިނެއްތޯ ބަލާ މޮނިޓަރ ކުރުން

(ށ) ކައުންސިލްތަކުގެ ހިސާބުކިތާބު ބެލެހެއްޓުން ތަންފީޒުކުރާ މިންވަރާއި ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަތުމަށް ކައުންސިލްތަކުގެ މާލީ ކަންކަން އޮޑިޓްކުރުމާއި އޮޑިޓް ރިޕޯޓް ތައްޔާރުކުރުން

(ނ) ކައުންސިލްތަކުގެ ޕަބްލިކް ފައިނޭންސްއާއި ގުޅުންހުރި މަސައްކަތްތައް ކުރިއެރުވުމަށް ކުރަންޖެހޭ ދިރާސާތައްކުރުމާއި މަޢުލޫމާތާއި ހިސާބުކިތާބު އެއްކުރުމާއި، އެކަންކަމަށް ރިޢާޔަތްކޮށް ކައުންސިލްތަކުން ކުރަންޖެހޭ ކަންކަން އެފަރާތްތަކަށް އެންގުން

(ރ) ކައުންސިލްތަކުގެ ފައިސާ އާއި ބެހޭ ޕޮލިސީތައް ކަނޑައެޅުމާއި  އިންޓަރނަލް ފައިނޭންސް އޮޑިޓް ޕްރޮސީޖަރ ތައްޔާރުކުރުމާއި، ކޮންޓްރޯލްސްތައް ގެންގުޅެވޭނެ ނިޒާމެއް ޤާއިމުކުރުމަށް އެހީތެރިވެ ދިނުން.

(ބ) ސަރުކާރުގެ އިދާރާތަކުންނާއި މުއައްސަސާތަކުންނާއި މަދަނީ ޖަމިއްޔާ ޖަމާޢަތްތަކުން އެލް.ޖީ.އޭ މެދުވެރިކޮށް ހިންގަން ހަވާލުކުރާ މަޝްރޫޢުތަކުގެ ފައިނޭންޝަލް އޮޑިޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޢަމަލީގޮތުން ބައިވެރިވުން

3. ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސް އެކުލަވާލާ ޕަރފޯމަންސް އިންޑެކްސްގެ ނަތީޖާ އިޢުލާންކުރުން. މިގޮތުން؛

(ހ) ކައުންސިލްތައް މޮނިޓަރކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ އެކުލަވާލަންޖެހޭ ރިޕޯޓުތައް އެކުލަވާލައި އާއްމުކުރުން.

(ށ) ލޯކަލް ކައުންސިލްތައް ރޭންކުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ކައުންސިލްތަކުން ހޯދުމާއި އެކަމާގުޅޭ ޓެކްނިކަލް މަޢުލޫމާތު  ކައުންސިލަތަކަށް ފޯރުކޮށްދިނުން.

(ނ) ލޯކަލް ކައުންސިލްތައް ރޭންކު ކުރުމުގެ ޢަމަލީ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.

(ރ) ލޯކަލް ކައުންސިލްތައް ރޭންކުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ތައްޔާރުކޮށްފައިވާ ސުވާލުކަރުދާހާއި އިތުރު މެޓީރިއަލްތައް މުރާޖާ ކުރުން.

4. ކައުންސިލްތައް އޮޑިޓްކުރުމަށް ފަހު އޮޑިޓަރ ޖެނެރަލް ނެރުއްވާ ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓްތަކާއި ކައުންސިލްތަކުގެ މޮނިޓަރިންގ ރިޕޯޓްތައް ދިރާސާކޮށް އޮތޯރިޓީން އަޅަންވީ ފިޔަވަޅުތައް ދެނެގަނެ އޮތޯރިޓީގެ ފަރާތުން އިސްވެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކައުންސިލުން ބަލަހައްޓަން ޖެހޭ ތަފާސް ހިސާބުތަކާއި ސަރުކާރުގެ އިދާރާތަކަށް ފޮނުވަން ޖެހޭ ތަފާސް ހިސާބުތައް ނަގާ ތައްޔާރުކޮށް އެކަންކަމާއި ގުޅޭގޮތުން ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. މިގޮތުން؛

(ހ) ކައުންސިލްތަކުން ނަގާ ފީތައް ލިސްޓް ކުރުމާއި މޮނިޓަރކޮށް ބެލެހެއްޓުން

(ށ) އޮޑިޓް ރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ ކަންކަން އެގޮތަށް ރަނގަޅު ކުރެވިފައިވޭތޯ ބަލާ މޮނިޓަރކުރުން

(ނ) އޮޑިޓް ރިޕޯޓްތަކުގައި ފާހަގަ ކުރައްވާފައިވާ ކަންކަން ރަނގަޅުކުރުމަށްޓަކައި ކައުންސިލްތަކަށް ފޯރުކޮއްދޭންޖެހޭ ފަންނީ އެހީތެރިކަން ފޯރު ކޮއްދިނުން

5. މޮނިޓަރިންގ ސެކްޝަންގެ އިދާރީ މަސައްކަތްތަކާއި އޮތޯރިޓީގެ ޒިންމާތަށް އަދާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުން. މިގެ ތެރޭގައި؛

(ހ) ސެކްޝަނުން ބާއްވަންޖެހޭ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމުތައް ހަމަޖައްސައިދިނުމާއި ބައްދަލުވުންތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

(ށ) އެލް.ޖީ.އޭގެ ފަރާތުން ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި، ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

(ނ) ޔުނިޓްގެ މަސައްކަތާ ގުޅިގެން ބޯޑުން ނިންމާ ނިންމުންތައް ތަންފީޒުކުރުން

(ރ) ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ހިންގުމަށްޓަކައި ބޭނުންވާ އިދާރީ އަދި ފަންނީ ތަމްރީންތައް ރާވާ ހިންގުމާއި، އާންމު ހޭލުންތެރިކަމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން

(ބ) ސެކްޝަނަށް އަންނަ ސިޓީ، ފެކްސް އަދި އީ.މެއިލް ފަދަ ތަކެތީގެ ތެރެއިން ސެކްޝަނުން ފިޔަވަޅު އަޅާ ޖަވާބު ދޭން ޖެހޭ ސިޓީ އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބު ދިނުން.

(ޅ) ސެކްޝަންތަކުގެ ކުރިއަށްގެންދާ ބައްދަލުވުންތަކުގެ ލިޔެކިޔުންތަކާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

6. އެހެން ސެކްޝަންތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި މަސައްކަތުގެ ދާއިރާއިން އޮފީހުން ހަވާލްކުރާ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.

7. އޮފީހުގެ ކަންކަން ޤާނޫނާއި ގަވާއިދާ އެއްގޮތަށް ގެންދިއުމަށް މަސައްކަތްކުރުމާއި، އޮފީހުގެ ކަންކަން ކުރުމުގައި އިސްނަގާ ޙަރަކާތްތެރިވުމާއި އޮފީހުގެ މަސައްކަތްތައް ތަރައްޤީކުރުމަށް އެހީތެރިވެދިނުމާއި، ރަނގަޅު މަސައްކަތު މާޙައުލެއް އުފެއްދުމަށް މަސައްކަތްކުރުން.

8. ތައްޔާރުކުރެވިފައިވާ ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުން

9. މިނޫންވެސް އޮފީހުން ހަވާލުކުރާ އޮފީހާ ގުޅުން ހުރި ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

-          އެކައުންޓިންގ

-          ފައިނޭންސް

މަޤާމާ ގުޅޭ ވަޒީފާގެ ދާއިރާތައް

-          އޯޑިޓިންގ

 

ޕްރިފަރޑް ޑިސިޕްލިންތައް

-          އެކައުންޓިންގ

-          ފައިނޭންސް

 

މަޤާމުގެ ކޯ ޑިސިޕްލިންތައް: ނެތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވުން - 30
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - 5
  • ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު - 5
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - 5
  • އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) - 20
  • އިންޓަރވިއު - 35

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ސެޕްޓެމްބަރ 2026 ގެ 13:00 ގެ ކުރިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުއްވުމަށް ދެންނެވީމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިމްތިޙާނާއި އޮންނާނީ، 20 ސެޕްޓެމްބަރ 2026 އާއި 30 ސެޕްޓެމްބަރ 2026 އާ ދެމެދު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3013100 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

21 ރަބީޢުލްއައްވަލް 1448ހ

03 ސެޕްޓެމްބަރ 2026

03 ސެޕްޓެންބަރު 2026