ދިވެހިރާއްޖެ
އިޢުުލާން
ނަންބަރު: 667-A/2026/13
ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން
މި ކޯޓުގެ އިދާރީބައިން ކޯޓްރޫމަށް ވަދެވޭގޮތަށް ދޮރެއް ކަނޑައި، ދޮރާއި ދޮރުފަތް ހަރުކޮށްދިނުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް، 2026 އޯގަސްޓް 05 ވަނަ ދުވަހު ކުރެވުނު، ނަންބަރު: 667-A/2026/8 އިޢުލާނާއި ގުޅިގެން މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތުޝީޓާއި އެއްގޮތަށް، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00 އަށް މިކޯޓަށް ހާޟިރުވެ އެސްޓިމޭޓު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6820752 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.