ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީ.ސީ.އޭ.ޕީ) ދަށުން ހިތަދޫ އީދިގަލި ކިޅި ސަރަހައްދުގައި ގާއިމު ކުރަމުންދާ އިކޯ-ޓުއަރިޒަމް ފެސިލިޓީގެ ސެކިޔުރިޓީ، އެއް އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު IUL) 438/438/2016/07) ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވުމުން ސޮފްޓް ކޮޕީ ފޯމެޓުގައި ބީލަން ފޮތް ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮޓެކްޓެޑް އޭރިއާ މެނޭޖްމަންޓް ޔުނިޓް
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ސިޓީ ހޯލް، މެދެއާރި މަގު،
މެދެވައު،
އައްޑޫ ސިޓީ 19020، ދިވެހިރާއްޖެ
ފޯނު: 6885003 ، ފެކްސް: 6885002
އީމެއިލް: [email protected]
ކޮޕީ : [email protected]
ބީލަން ހުޅުވުން އޮންނާނީ 2016 ފެބުރުވަރީ 29 ވާ ހޯމަ ދުވަހުގެ 13:00 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.