ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AE/426/2026/306
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:25
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހިތަދޫ ބަނދަރު ސަރަޙައްދުން ބިމެއް ކުއްޔަށް ދޫކުރުން

އިޢުލާން

ހިތަދޫ ބަނދަރު ސަރަޙައްދުން ބިމެއް ކުއްޔަށް ދޫކުރުން

          އައްޑޫ ސިޓީ ހިތަދޫ ބަނދަރު ސަރަޙައްދުގައި އައިސްޕްލާންޓް ކުރިމައްޗަށްވާގޮތަށް އޮތް ކުރިން ކެފޭ ހިންގުމަށް ބޭނުންކުރި ބިން، އެ ބިމުގައި ހަދާފައިހުރި ޢިމާރާތާއެކު ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ، ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް ތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މި ބިން ކުއްޔަށް ދޫކުރަނީ މީލާދީ 20(ވިހި) އަހަރު ދުވަހުގެ މުއްދަތަށެވެ.

ކުއްޔަށް ދޫކުރާ ބިމުގެ ތަފްޞީލު

#

އަވަށް

ކުލީ ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ކުއްޔަށް ދޫކުރާ ބޭނުން

ބިން އޮތްތަން

  1.  

ސ.ހިތަދޫ

KB-30

2977 އަކަފޫޓު

ކެފޭ /ރެސްޓޯރަންޓް ހިންގުން/ އާންމު ވިޔަފާރި

ހިތަދޫ އައިސްޕްލާންޓް ކުރިމައްޗަށްވާގޮތަށް ބަނދަރު ސަރަޙައްދުގައި

 

ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް:

ފިޔަވަޅު

ތަފްޞީލް

ތާރީޚް، މުއްދަތު އަދި ގަޑި:

ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން

ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީކުރާ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected]   އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. 

06 ސެޕްޓެންބަރު 2026 އިން

15 ސެޕްޓެންބަރު 2026 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00އިން 14:00އަށް

މަޢުލޫމާތު ކަރުދާހާއި ބީލަން ފޯމް ދޫކުރުން

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް، މަޢުލޫމާތު ކަރުދާހާއި  ބީލަން ހުށަހަޅާ ފޯމު މިއިދާރާއިން މެއިލް ކުރާނެއެވެ.  

 

06 ސެޕްޓެންބަރު 2026 އިން

15 ސެޕްޓެންބަރު 2026 އަށް

ބީލަން ހުށަހެޅުން

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ބީލަން ބަލައިގަތުމާއި ހުޅުވުން އެހެން ތަނެއްގައި ބާއްވާނަމަ އެކަން ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކައުންސިލުން އަންގާނެއެވެ.

 

24 ސެޕްޓެންބަރު 2026 ވާ

ބުރާސްފަތި ދުވަހުގެ 10:00

 

          މި ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި، ހުށަހަޅާ ބީލަންތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވޭނެގޮތުގެ ތަފްޞީލް ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް ދޫކުރާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. ކުއްޔަށް ދޫކުރާ ބިން ފާހަގަވާނެ ޗާޓުވެސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

          މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

          ވީމާ، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

21 ރަބީޢުލްއައްވަލު 1448

03  ސެޕްޓެންބަރު 2026

03 ސެޕްޓެންބަރު 2026