މަސައްކަތް
ނަންބަރު: (IUL) 438/438/2016/26
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:18
ސުންގަޑި: 03 މާރިޗު 2016 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރ.ވަންދޫގެ ބައެއް އުމްރާނީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ރ.ވަންދޫގެ ބައެއް އުމްރާނީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

1. ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ (އެމް.އީ.އެމް.ޕީ) އެޑިޝަނަލް ފައިނޭންސްގެ ދަށުން ރ.ވަންދޫގެ ބައެއް އުމްރާނީ މަސައްކަތް ކޮށްދޭނެ ފަރާތެއް  ހޯދުމަށްވަނީ ހަމަޖެހިފައެވެ.

2. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ރ.ވަންދޫގެ ބައެއް އުމްރާނީ މަސައްކަތް ކޮށްދޭނެ މިކަމަށް ޝަރުޠު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

3. މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގައި، ވޯލްޑްބޭންކު ގައިޑްލައިންސް: IBRD ލޯނު، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - ޖަނަވަރީ 2011 ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.

4. މިކަމަށް ކުރިމަތިލާ ފަރާތް ތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

5. ބީލަމުގައި ބައިވެރިވުމަށް 2016 މާރިޗު 02 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ޝައުޤުވެރިކަން ފާޅުކުރަންވަންވާނެއެވެ. ޝައުޤުވެރިވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ބީލަންފޮތް މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ގްރީން ބިލްޑިންގ،

ހަނދުވަރީ ހިނގުން، މާލެ، ދިވެހިރާއްޖެ،

ފޯން    : 3018415

ފެކްސް   : 3018301

އީމެއިލް  : [email protected]

 7. މި މަސައްކަތަށް ހުށަހަޅާ ބީލަންތަކާއެކު ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާ ގޮތަށް "ބިޑް ސެކިޔުރިންގ ޑެކްލަރޭޝަން" ހުށަހަޅަން ޖެހޭނެވެ.

 8. ބީލަން ހުޅުވުން އޮންނާނީ 2016 މާރިޗު 03 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރައި ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

17 ފެބުރުވަރީ 2016