ދިވެހިރާއްޖެ
މިކޯޓުގެ ޢިމާރާތާއި ގޯތިތެރޭގެ ކަރަންޓް ވައިރިންގ ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު 634-A/2026/22 (16 އޯގަސްޓް 2026) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވެފައި ހުށަހަޅާފައިވާ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ މަސައްކަތަށް އަލުން އިޢުލާނުކުރަމެވެ.
މި މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށްޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މިކޯޓަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ތާވަލާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް / ދުވަސް |
ގަޑި |
ޙާޟިރުވާންޖެހޭ ތަން |
|
މަޢުލޫމާތު ސާފުކުރުން |
09 ސެޕްޓެންބަރު 2026 (ބުދަ) |
10:00 |
ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓު |
|
އަންދާސީ ހިސާބު ހުށަހެޅުން |
17 ސެޕްޓެމްބަރ 2026 (ބުރާސްފަތި)
|
10:00 |
ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓު |
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު، ފ.ނިލަންދޫ ދިވެހިރާއްޖެ، ފޯނު: 6740067
އީ-މެއިލް: [email protected]