ދިވެހިރާއްޖެ
ނަންބަރު: 674-A/2026/49
އިޢުލާން
އަގު ކޮމެޓީގެ މެމްބަރުންގެ ދަފްތަރު އެކުލަވާލުމަށް
މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ އަގު ކޮމިޓީގެ މެމްބަރުންގެ މުއްދަތު 3 އަހަރު ހަމަވެފައިވާތީ، އަގުކޮމެޓީގެ ދަފްތަރު އަލުން އެކުލަވާލުމަށް ބޭނުންވެއެވެ.
- މަސައްކަތުގެ އުޖޫރަ: އަގުކުރުމުގެ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300 ރުފިޔާ.
- ޝަރުޠު:- ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެވެސް އެއްދާއިރާއެއްގެ ހުނަރާއި މަޢުލޫމާތު ހުރި ފަރާތެއްކަމުގައިވުން.
ވީމާ، އަގު ކޮމިޓީގެ ދަފްތަރުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެފަރާތަކަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ހާމަކޮށްދޭ ލިޔުން ނުވަތަ ސެޓްފިކެޓްތަކާއި އައިޑީކާރޑްގެ ކޮޕީއާއިއެކު ވަނަވަރު 2026 ސެޕްޓެމްބަރ 14 ވަނަ ދުވަހުގެ 14:00 ކުރިން މިކޯޓަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އީ-މެއިލް މެދުވެރިކޮށް ފޮނުއްވާ ސިޓީތައް މިކޯޓުގެ އީ-މެއިލް [email protected] ފޮނުއްވުން އެދެމެވެ.
21 ރަބީޢުލްއައްވަލް 1448
3 ސެޕްޓެމްބަރ 2026