ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ފޯނުލައިންތަކުގެ މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު (IUL)142-A1/1/2015/12 ނަންބަރު އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވެފައިވާތީ އެ އަންދާސީހިސާބުތައް ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 22 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަމަވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020219 އަށެވެ.
7 ޖުމާދަލްއޫލާ 1437