ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާގެ ގުދަން މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ކަނޑައެޅިފައިވާ ގަޑީގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކޮށްފައިވާ އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތް ކުރުމަށް ޝަރުތު ހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރައްވައި 2026 ސެޕްޓެމްބަރ 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
މި އިއުލާނާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2026 ސެޕްޓެމްބަރ 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6560031 ނަމްބަރާ ގުޅުއްވުންއެދެމެވެ.
ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2026 ސެޕްޓެންބަރ 14 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މި އިދާރާގައެވެ.