ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2026/61
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:16
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކިނބިދޫގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކުރުމުގެ ޚިދުމަތުގެ ފީ ނެގުމާ ގުޅޭ
އިޢުލާން
ކިނބިދޫގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކުރުމުގެ ޚިދުމަތުގެ ފީ ނެގުމާ ގުޅޭ
ކިނބިދޫގެ ރަށްވެހިން، ކިނބިދޫގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވުމަކީ ކިނބިދޫގެ އާބާދީގެ ޢަދަދަށް ނުރަނގަޅު އަސަރުކުރާ ކަމެއްކަމަށް ފާހަގަ ކުރެވޭތީއާއި ކިނބިދޫގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، 03 ސެޕްޓެންބަރ 2026 އިން ފެށިގެން ކިނބިދޫގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކޮށްދިނުމުގެ ޚިދުމަތުގެ އިދާރީ ފީގެ ގޮތުގައި، 1200(ބާރަ ސަތޭކަ) ރުފިޔާ ނެގުމަށް 02 ސެޕްޓެންބަރު 2026 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 5 ވަނަ ދައުރުގެ 17 ވަނަ ރަސްމީ ބައްދަލުވުމުން ފާސްކޮށްފައިވާ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
21 ރަބީޢުލްއައްވަލް 1448ހ.
03 ސެޕްޓެންބަރު 2026