ދިވެހިރާއްޖެ
''ހއ. އުލިގަމުން ދަނޑުބިން ދޫކުރުމާއި، ދަނޑުވެރިކަންކުރުމާ ބެހޭ އުޞޫލު" ގެ ދަށުން އުލިގަމުގައި ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
އާންމު ދަނޑުވެރިކަމަށް ދޫކުރާ ދަނޑުބިމަށް އެދޭއިރު، "ދަނޑުބިމަށް އެދޭ ފޯމް" އާއެކު ގޭބިސީ އަންގައިދޭ ލިޔުން (ކަރަންޓް ބިލު ނުވަތަ ފެންބިލު ނުވަތަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ)، އަދި ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއި ގޭބިސީގެ ވެރިޔާގެ ހުއްދަ ހުށަހަޅަންވާނެއެވެ. ވިޔަފާރި ގިންތީގެ ދަނޑުބިމަށް އެދޭ ފަރާތްތަކުން "ދަނޑުބިމަށް އެދޭ ފޯމް" އާއެކު ވިޔަފާރި/ކުންފުނި/ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.
ދަނޑުބިމަށް އެދި ފޯމް ހުށަހަޅާނީ ރަސްމީ ގަޑީގައި ހެނދުނު 8:30 އިން މެންދުރުފަހު 13:30 އަށް މި އިދާރާގެ ކައުންޓަރަށެވެ. ނުވަތަ އިމެއިލް ކުރައްވާނަމަ، [email protected] އަށެވެ.
ދަނޑުބިން ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދޫކުރާ "ދަނޑުބިމަށް އެދޭ ފޯމް" މި އިދާރާގެ ވެބްސައިޓް www.uligan.gov.mv އާއި ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އާއި 13:30 އާ ދެމެދު މި އިދާރާގެ ކައުންޓަރުންވެސް ފޯމު ލިބެން ހުންނާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ ފޯމާއި ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6501014 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.