ދިވެހިރާއްޖެ
"ކައުންސިލް ކަޕް 2026" ފުޓްސަލް އަދި ހޭންޑްބޯޅަ މުބާރާތުގައި ސްޕޮންސަރ ބޯޑު ޖެހުމަށް ހުޅުވާލުން:
"ކައުންސިލް ކަޕް 2026" ފުޓްސަލް އަދި ހޭންޑްބޯޅަ މުބާރާތުގައި ދަނޑުގެ ވަށައިގެން ބަހައްޓާ ބޯޑުތަކުގައި ސްޕޮންސަރޖަހަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިގޮތުން ސްޕޮންސަރ ޖެހުމަށް ހަމަޖެހިފައިވަނީ މީގެ ކުރިންވެސް މިކައުންސިލުން ބޭނުންކުރަމުންގެންދާ '8 (އަށެއް ފޫޓު) ދިގު އަދި '2 (ދޭއް ފޫޓު) ފުޅައު ބޯޑުތަކުގައި، ހުށައަޅާ ފަރާތުން ތައްޔާރުކޮށްފައިވާ ސްޕޮންސަރޝިޕް ޑިޒައިން ފައިލް މިކައުންސިލަށް ހިއްސާކުރުމުން ކެންވަސްއަށް ޕްރިންޓްކޮށް އެބޯޑުތަކުގައި ހަރުކޮށް ދަނޑުގެ ވަށައިގެން ބަހައްޓާ ގޮތަށެވެ. އަދި ސްޕޮންސަރ ބޯޑެއްގެ އަގަކީ -/500ރ (ފައްސަތޭކަ ރުފިޔާ) އެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ސްޕޮންސަރ ޖެހުމަށް ބޭނުންވާ ބޯޑުގެ އަދަދު ބަޔާންކޮށް ސިޓީއަކުން ނުވަތަ މިއިދާރާގެ އީމެއިލް: [email protected] އަށް ހުށައެޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
21 ރަބީޢުލް އައްވަލް 1448
03 ސެޕްޓެމްބަރ 2026