ދިވެހިރާއްޖެ
"ކައުންސިލް ކަޕް 2026" ފުޓްސަލް އަދި ހޭންޑްބޯޅަ މުބާރާތުގައި ދަނޑު ސަރަހައްދުގައި ތަފާތު ވައްތަރުތަކުގެ ކާއެއްޗެހި ވިއްކަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިގޮތުން 14 ސެޕްޓެމްބަރ 2026 ވަނަ ދުވަހުން ފެށިގެން މުބާރާތް ނިމެންދެން، ފުޓްސަލް ދަނޑާއި ފުޓްބޯޅަ ދަނޑާއި ދެމެދުން އެވާ ހުސްޖާގާގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ތަފާތު ވައްތަރުގެ ކާއެއްޗެހި ވިއްކުން ކުރިއަށް ގެންދެވޭނެއެވެ. އަދި މިފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މިކަމަށްއެދި އަގު ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށައަޅާ 02 (ދޭއް) ފަރާތަށެވެ. ކޮންމެ ފަރާތަކަށްވެސް އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށައެޅޭނީ -/1000ރ (އެއްހާސް ރުފިޔާ) އެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އައިޑީކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން އަގު ބަޔާންކޮށް 09 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި އދ.މަންދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
21 ރަބީޢުލް އައްވަލް 1448
03 ސެޕްޓެމްބަރ 2026