ދިވެހިރާއްޖެ
މި ޑިޕާޓްމަންޓަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް އަދި މޮނިޓަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 12 އޮގަސްޓް 2026 ގައި ކުރެވުނު 198-F/2026/75 އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން ޝަރުޠު ހަމަވާ ބިޑް ހުށަހަޅާފައި ނުވާތީ، އެތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މި ތަކެތިވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މި އިޢުލާނާ އެއްފަތްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ، މި ޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 08 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 11:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަދި 15 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 09:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މިހެންވެ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.