ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)30-P1/30/2026/130
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 15 ސެޕްޓެންބަރު 2026 11:00
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު-ރާއްޖޭގެ ރަށްތަކުގައި 5 (ފަހެއް) މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި އެގްރޮފޮރެސްޓީ ދަނޑުތަކެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ ތަކެތި ސަޕްލައިކޮށް ކ. ކަނޑުއޮށްގިރިއަށް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް

ރާއްޖޭގެ ރަށްތަކުގައި 5 (ފަހެއް) މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި އެގްރޮފޮރެސްޓީ ދަނޑުތަކެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ ތަކެތި ސަޕްލައިކޮށް ކ. ކަނޑުއޮށްގިރިއަށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339239, 3322625 އަދި 3339279 ނަންބަރު ފޯނަށެވެ.

03 ސެޕްޓެންބަރު 2026