ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2026/74
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 10 ސެޕްޓެންބަރު 2026 10:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ފިނޭ ޒިޔާރަތްމަގާއި، ކޮށިމަގު ސަރަހައްދުގައި ހުރި ރުއްގަނޑު ވަރުވާއަށް ދޫކުރުމާ ގުޅޭ

މިރަށު ޒިޔާރަތްމަގާއި، ކޮށިމަގު ސަރަހައްދުގައި ހުރި ރުއްގަނޑު 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތައް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ. ރުއްގަނޑު ވަރުވާއަށް ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށެވެ.

މި އިއުލާނާ ގުޅިގެން މި ކައުންސިލްގެ އިދާރާއިން ތައްޔާރުކޮށްފައިވާ މައުލޫމާތު ޝީޓް އަދި ވަރުވާއަށް ލިޔުއްވުމަށް އެދި ހުށައަޅާ ފޯމު އިއުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި މި ކަމާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520027 ނަންބަރަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ ވަރުވާއަށް ލިޔުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ވަރުވާއަށް ލިޔުއްވުމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުން 10 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.  

01 ސެޕްޓެންބަރު 2026