ދިވެހިރާއްޖެ
އިޢުލާން
މި ހޮސްޕިޓަލުން ފޯރު ކޮއްދޭ މަޢުލޫމާތާއި އެއްގޮތަށް ހޮސްޕިޓަލް 3 ބުރި އިމާރާތުގައި ކުލަލުމުގެ މަސައްކަތް ކޮށްދެނެ ފަރާތެއް ހޯދުމާއި ގުޅޭ:
މި ހޮސްޕިޓަލުން ފޯރު ކޮއްދޭ މަޢުލޫމާތާއި އެއްގޮތަށް ހޮސްޕިޓަލް 3 ބުރި އިމާރާތުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަށްބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2026 ވާ ( ބުރާސްފަތި ) ދުވަހުގެ މެންދުރު 13:00 އަށް މި ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު
ސާފްކުރެއްވުމަށްފަހު، 15 ސެޕްޓެމްބަރ 2026 ވާ ( ބްރާސްފަތި) ދުވަހުގެ މެންދުރު 14.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަ ނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ
ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް މި ހޮސްޕިޓަލުގެ ނަންބަރު :6821066 ފޯނަން ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
03 ސެޕްޓެމްބަރ 2026