ބީލަން
ނަންބަރު: (IUL)275-PM/275/2026/37
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 08 ސެޕްޓެންބަރު 2026 14:00
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އިއްތިޙާދުގެ ޢިމާރާތް ތަޅާލައި، ބިންސާފު ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

މަސްޖިދުލް އިއްތިޙާދުގެ ޢިމާރާތް ތަޅާލައި، ބިންސާފު  ކޮށްދޭނެ ފަރާތެއް ހޯދުން

 

          މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަސްޖިދުލް އިއްތިޙާދުގެ އިމާރާތް ތަޅާލައި ބިންސާފުކުރުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި  ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

             މި މިސައްކަތް ކުރިޔަށް ގެންދިޔުމަށް ބީލަން ހުށައެޅުމުގެ ދަޢުވަތުދީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން

06 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 08:00 އިން08 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ބިޑް ފޯމް މި ކައުންސިލް އިދާރާއިން ގަންނަން ލިބެން ހުނަނާނެއެވެ. ބިޑްފޯމެއްގެ އަގަކީ 1000/- (އެއްހާސް) ރުފިޔާއެވެ. ބިޑް ފޯމް ގަތުމަށް ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރ 7724700376001 (1314 REVENUE 1) އަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ކައުންސިލްގެ ވައިބަރ ނަންބަރު 9123855 އަށް ސްލިޕް ވައިބަރ، ނުވަތަ މި އިދާރާގެ އީމެއިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

  • މަޢުލޫމާތު ދިނުމާއި ސައިޓް ބަލާލުން ކުރިއަށް ދާނީ، 09 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހު 11:00 ގައި ފީވަކު ކައުންސިލްގެ އިދާރާގައެވެ.
  • މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރު ހުށަހެޅުމެއް ނެތްނަމަ، ބައްދަލުވުމަށްފަހު ބިޑް ފޯމް، ބައްދަލުވުމުގެ ބައިވެރިންނަށް ޙަވާލުކުރެވޭނެއެވެ. ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުން

މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ.

 

  1.     ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށައެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކާކުކަން އެނގޭނެފަދަ ރަސްމީ ލިޔުމެއް ގެންނަން ވާނެއެވެ. ކުންފުންޏަކުން ބީލަން ހުށަހަޅާ ނަމަ، ނުވަތަ ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ، ބީލަން ހުށަހަޅާ ފަރާތުގެ ސިޓީ (ޕަވަރ އޮފް އެޓާރނީ) އަކާއި ބަދަލުގައި ފޮނުއްވާ ފަރާތުގެ ކާކުކަން އަންގައިދޭ ލިޔުމެއް ބީލަމާއި ވަކިން ހުށާހަޅުއްވަން ވާނެއެވެ.

 

   ބީލަމާއި ވަކިން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެއްވެސް ލިޔުމަކީ ބީލަމުގެ ބައެއް ކަމުގައި ބަލައެއް ނުގަނެވޭނެއެވެ.

 

  1. ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ. އަދި ބީލަން ހުށައެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ.

 

  1. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 14 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި ށ.ފީވަކު ކައުންސިލްގެ އިދާރާގައެވެ. މި ބައްދަލުވުމަށް ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

 

  1. މި ބީލަމަށް އީމެއިލް ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. މީގެއިތުރުން މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުކުރެވޭނެއެވެ.

މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6540046 އަށް ގުޅުއްވާ، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

             މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރަމެވެ.

03 ސެޕްޓެންބަރު 2026